ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އަދަބު ކަނޑައެޅުން އެހެން ދުވަހަށް ފަސްކުރުމަށް ދިފާއުން އެދިވަޑައިގެންފައި ވީ ނަމަވެސް އެކަން ފަސްކުރުމަށް ބެންޗުން ނިންމާފައެއް ނުވެއެވެ.
މި މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ އަލި ރަޝީދު ވިދާޅުވީ، އަބްދުﷲ ޔާމީންގެ މައްސަލައިގެ ޝަރީއަތުން މައްސަލަ ބެލިބެލުމުން ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑާ ކުރި މައްސަލަ ސާބިތުވެފައި ވާކަމަށެވެ. އަދި ހެކިންގެ ހެކި ބަހުންނާއި ކިތާބީ ހެކިތަކުން އެކަން ސާބިތުވެފައި ވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން 5 ގާޒީންގެ ބެންޗުން 5 އަހަރު ދުވަހުގެ މުއްދަތަށް ރައީސް ޔާމީން ޖަލު ހުކުމެއް އިއްވާ، 5 މިލިއަން ޑޮލަރުގެ ޖޫރިމާއެއް ކޮށް ހުކުމް ކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.
މި 5 މިލިއަން ޑޮލަރުގެ ގޮތުގައި ރައީސް ޔާމީން ޖޫރިމަނާކޮށްފައި ވާއިރު، އެފައިސާ ދެއްކުމަށް ހުކުމް ކޮށްފައިވަނީ 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
ރައީސް ޔާމީންއަށް ހުކުމް ކުރުމުން، ރައީސް ޔާމީން މިނިވަންވަންދެން އިދިކޮޅުން މަސައްކަތް ހުއްޓާނުލާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރައްވައިފިއެވެ. އަދި ރައީސް ޔާމީން ޖަލަށްލައި، ޕާޓީގެ ތެރެއަށް ވަދެގަންނަން އެއްވެސް މީހަކަށް ފުރުސަތު ނުދޭނެކަމަށް އަބްދުއްރަހީމް ވަނީ ކޯޓު ބޭރުގައި ހުންނަވައިގެން ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމުން، އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް ކްރިމިނަލް ކޯޓު ސަރަހައްދުގައި އަޑުގަދަ ކުރަމުންނެވެ ސަޕޯޓަރުން ދަނީ އެ ހުކުމް ބަލައިނުގަންނާނެ ކަމަށް ބުނަމުންނެވެ.
ޙުކުމް ގަބޮޫލު ނުކުރަން