ގުދުރަތީ ދިރުންތަކަށް ހާއްސަކޮށްގެ

ތައިލޭންޑްގެ ޕާކެއްގައި ގިނަ އަދަދަކަށް ޕްލާސްޓިކް ކެވިގެން މަރުވި ފުއްލާގެ ބަނޑުން ފެނުނު ބައެއް ތަކެތި/ފޮޓޯ: ދަ ޕްރޮޓެކްޓަޑް އޭރިއާ ރީޖަނަލް އޮފީސް 13

ން ތައިލޭންޑްގެ އުތުރުގައި ހިންގާ ޕާކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ދަޅުފީނި ފުއްލާގެ ބަނޑު ތެރޭގައި 7 ކިލޯގްރާމްގެ ކުނި ހުރި ކަމަށް، އޮފިޝަލުން ހާމަކުރައްވައިފިއެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ފިރިހެނުންގެ ޖަންގިޔަލާ، ޕްލާސްޓިކް ކޮތަޅަލާ ވަލުގެ އިތުރުން އިންސްޓަންޓް ކޮފީ ހުސްކުރި ޕެކެޓްތައް، އެ ފުއްލާގެ ބަނޑުން ނެގި ކުނިތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން ރަބަރު އަންގިއާއި އިންސްޓަންޓް ނޫޑްލްސްވެސް މި ފުއްލާގެ ބަނޑުގައި ހުރި ކަމަށްވެއެވެ.

ކޫން ސަތާން ނޭޝަން ޕާކްގެ އޮފިޝަލަކު ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު ފުއްލާ ޕްލާސްޓިކް ކާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މި ޕްލާސްޓިކްތަކަކީ ޕާކަށް އެކި ފަހަރު މަތިން ޒިޔާރަތްކުރި މީހުން އުކާފައި ހުރި ކުނިކަމަށް ސޯޝަލް މީޑިއާގައި ދަނީ ވަކާލާތު ކުރަމުންނެވެ.

އުމުރުން ގާތްގަނޑަކަށް 10 އަހަރު ފުރިފައިވާ މި ފުއްލާ ފެނިފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.