ކުރެހުންތެރިޔާ ލިއަނާޑޯ ޑަ ވިންޗީގެ އެންމެ މަޝްހޫރު ކުރެހުމުގެ ގޮތުގައި މުޅި ދުނިޔެ ބަލައިގެންފައިވާ "މޮނަލީސާ" ކުރެހުމުގެ 17 ވަނަ ގަރުނުގެ ނަކަލެއް، 552500 ޔޫރޯ ނުވަތަ ގާތްގަނޑަކަށް 611950 ޑޮލަރަށް ވިއްކާލައިފިއެވެ.

ސޯތީބީޒް ނީލަމުގައި މި ނަކަލު ކުރެހުމުގެ އަސްލު އަގު އުޅެނީ ގާތްގަނޑަކަށް 70000-90000 ޔޫރޯއާއި ދެމެދު އަގެއްގައެވެ.

ޑަ ވިންޗީ އެ ކުރެހުމެއްގެ މަސައްކަތް ފެށި އަސްލު "މޮނަލީސާ" ކުރެހުން ބަހައްޓާފައި ހުންނަނީ ފަރަންސިވިލާތުގެ މަޝްހޫރު ލޫވާ ދާރުލްއާސާރުގައެވެ. މި ކުރެހުން އެ ދާރުލް އާސާރުގައި ހުންނަތާ 200 އެއްހާ އަހަރުވެއްޖެއެވެ.

ބުނެވޭ ގޮތުގައި "މޮނަލީސާ" ކުރެހުމުން ފެނިގެންދަނީ، ފަރަންސޭސިވިލާތުގައި ފަށުވީގެ ވިޔަފާރިކުރި ފްރެންޗެސްކޯ ޖިއޮކޮންދޯގެ އަންހެނުންނެވެ.