ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އޮސްޓްރޭލިޔާގެ ސެކްސް ޑިސްކްރިމިނޭޝަންގެ ކުރީގެ ކޮމިޝަނަރު އެލިޒަބަތު ބްރޮޑްރިކާ ބައްދަލު ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އޮސްޓްރޭލިޔާގެ މެލްބަންގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި މަސައްކަތުގެ މައިދާނުގައި، ހާއްސަކޮށް އަސްކަރިއްޔާގެ ތެރޭގައި ޖިންސީ ތަފާތުކުރުންތައް ނައްތާލައި ޖިންސީ ހަމަހަމަކަން ގާއިމް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެލިޒަބަތު ބްރޮޑްރިކް ވަނީ އޮސްޓްރޭލިޔާގެ ޑިފެންސް ފޯސްގައި ޖިންސީ ހަމަހަމަކަން އޮތް މިންވަރު ދިރާސާ ކުރައްވާ، އެ ދިރާސާ ޝާއިއު ކުރައްވާފައެވެ. އެލިޒަބަތު މިހާރު މަސައްކަތް ކުރައްވަނީ ޔޫ.އެން ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސްގެ ގޮތުގައެވެ.

އޮސްޓްރޭލިޔާގެ ސެކްސް ޑިސްކްރިމިނޭޝަންގެ ކުރީގެ ކޮމިޝަނަރު އެލިޒަބަތު ބްރޮޑްރިކާއި ޑިފެންސް މިނިސްޓަރު ބައްދަލު ކުރެއްވި އިރު އެކަމަނާ ވަނީ އޮސްޓްރޭލިޔާގެ ޑިފެންސް މިނިސްޓަރު ލިންޑާ ރެނޯލްޑްސާ ވެސް ބައްދަލު ކުރައްވާފައެވެ.