ހުޅުމާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކަށް ގުޅާ ޑެލިވަރީ ފޯނު ކޯލުތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ކޮށްފައިވާ ބުނެފައިވަނީ ހުޅުމާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކަށް ގުޅާ ޑެލިވަރީ ފޯނު ކޯލުތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް އިތުރުވަމުން އަންނާތީ އެކަންކަން ހުއްޓުވުމަށް ކެފޭ ރެސްޓޯރެންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ބައެއް ފަތުރުވެރިންނަށް އަމާޒުކޮށްގެން ވެސް ހާއްސަ ޕްރޮގްރާމުތަކެއް ހިންގަމުންނެވެ. އެގޮތުން ޓޫރިސްޓުން ހުޅުމާލޭގައި މޫދަށް އެރޭ ސަރަހައްދުތަކުގައި ސަމާލުކަން ދޭންވީ ކަންކަން ހިމަނާފައިވާ ލީފްލެޓުތަކެއް ވެސް ދާދިފަހުން ފުލުހުން ވަނީ ބަހާފައެވެ.