ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކު ބަލި މީހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަގެ 6:00 އެހާއިރު ކަމަށެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅީ އެ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެނެކެވެ.

އެ މައްސަލައިގެ ތުހުމަތު ކުރަނީ އުމުރުން 28 އަހަރުގެ އިންޑިޔާއަށް ނިސްބަތްވާ ފިޒިއޮތެރަޕިސްޓަކަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފެންމަތިވުން ގިނަ ވެފައި ވާއިރު، ސައުތުއެފްރިކާ އަދި ޕާކިސްތާނަށް ނިސްބަތްވާ ކުރިކެޓް ކޯޗެއް އެތައް ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްވެސް ފުލުުން ދަނީ ބަލަމުންނެވެ. އޭގެ އިތުރުން އަތޮޅު ތެރޭގެ ރަށެއްގައި ބިދޭސީ ޓީޗަރަކު ދިވެހި އަންހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްވެސް ބަލަމުން އެބަގެންދެއެވެ.