ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ މަޖިލީހުގައި ކުރާ ބަހުސްތަކުގައި ވާހަކަ ދެއްކެވުމުގައި ފާހަގަކޮށްލެވޭ މެންބަރެކެވެ. ޖާބިރު ދައްކަވާ ވާހަކައަކުން ސުރުހީއެއް ނުލިޔެވޭނެ ދުވަހެއް ނުދާނޭ ބުންޏަސް އެއީކީ ދޮގަކަށް ނުވާނެވެ. ނުވަތަ މަޖީލީހުގައި ޖާބިރު ދައްކާވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕް އެދުވަހެއްގެ މަޖިލިސް ނިމުމުން ސޯޝަލް މީޑިއާގައި ދައުރު ނުވާ ދުވަހެއް ނުދާނޭވެސް ބުނެވިދާނެއެވެ.
މިއަދުގެ މަޖިލީހުގައި ވެސް ޖާބިރު ވަނީ ވަރަށް ބައިވަރު ވާހަކަތައް ދައްކަވާފައެވެ. އެގޮތުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުން އަރިހުން ނުކުތުމަށް އެދިވަޑައިގެންފައެވެ. އޮޕަރޭޝަންތައް ޖައްސައިގެން ރައީސް މަގާމުން ދުރުކުރުމަށާއި ރައީސް ވަނީ 'ވައްކަން ކުރައްވާފައި' ކަމަށް ތުހުމަތު ވިދާޅުވަމުންނެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ، ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގައި 26 އަހަރު އިންނެވުމަށްފަހު، އެމްޑީޕީއަށް ލިބުނު ވެރިކަން މަކަރާއި ހީލަތުން ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން ފޭރިގެންފައިވާ ކަމަށެވެ. ގާސިމް އިބްރާހިމާ އަދި އަދާލާތު ޕާޓީއާގެ ތެރެއިން އެމްޑީޕީގެ ވިސްނުން "އިރެޑިކޭޓް" ކޮށްލަން ވިސްނާފައި ތިބި މީހުން ގެންގޮސް ސަރުކާރަށް ލައްވާފައި ވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
އިސްލާމިކު މިނިސްޓަރާއި އަދާލަތަށްވެސް ޖާބިރު ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެމީހުން (އިސްލާމިކް މިނިސްޓަރު އަދި އަދާލަތު) ނަމާދުކޮށްގެން ﷲއަށް ދުއާ ކުރުމުން އިޖާބާ ކުރައްވާ ކަމުގައި ވިދާޅުވި ކަމުގައި ވިޔަސް ސީދާ އަދާލާތު ޕާޓީން ދުއާ ކުރުމުން އިޖާބަ ކުރައްވާ ކަމަކަށް ގުރުއާނުގައި އައިސްފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ ޒަމާންވީ މެންބަރުންނާއި އެކްޓިވިސްޓުން ތެދުވެ ވި ބޮޑު ގުރުބާނީ މަސައްކަތުގައި އެމްޑީޕީއަށް ލިބުނު ކޮންމެ ފުރުސަތެއް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފޭރިގެންފައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
"އެކަން އެނގެނީ އެންމެފަހުން 1 ފެބްރުއަރީގައި އޭނާ އަމަލު ކުރި ގޮތް. މި މަޖިލީހުގައި އިންވައިގެން އަދި އެމްޑީޕީއަށް އޭނާ ވެރިކަމަށް އަންނަންވެގެން ވަރަށް މަކަރާއި ހީލާތުން ރައީސް ނަޝީދުގެ އަރިހުގައި އިންވައިގެން ކަޓުވާލައިގެން ވެރިކަން ހޯދައިގެން އޭނާ އައި ގޮތް ވަރަށް ސާފު. އެކަން އެނގެނީ މި އެމްޑީޕީ މީހުންނާ ނުލައި މި ރާއްޖޭގެ ވެރިކަމެއް ގާއިމު ނުކުރެވޭނެ ކަމުގެ ޔަގީންވީމާ އެމްޑީޕީ ތެރެއިން ވެރިކަމަށް އައިސް އަދާލާތު ޕާޓީއަށާއި ޖުމްހޫރީ ޕާޓީއަށް ފުރޮޅާލައިގެން އުޅޭ މައްސަލަ. އެއީ އެކަން ސާފުވާ ހިސާބު." ޖާބިރު ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ޖާބިރު އިތުރަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދަށް މުހާތަބު ކުރައްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ލަގަބުން ކަމަށެވެ. މީ ރައްޔިތުންގެ އިއްޒަރްތެރި މަޖިލިސް ކަމަށާއި މި މަޖިލީހުގައި ތިބޭނީ ރައްޔިތުން ކަމަށާއި ރައްޔިތުން މަޖިލީހުގެ ރައީސް އިންނަވާ ޖަލްސާތަކުގައި ކުޑައިމީސް ވާގޮތަށް ރައީސް ސޯލިހު އަމަލު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި މަޖިލީހުގެ ކަރާމާތް ކެނޑެން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ސޯލިހަށް ފާޑުވިދާޅުވި އިރު ޖާބިރު ވަނީ މަޖިލީހުގެ ރައީސް ނަޝީދަށް ތައުރީފް ކުރައްވާފައެވެ. ހަމައެއާއެކު ނައިބު ރައީސް ފައިސަލް ނަސީމަށް ފާޑުވިދާޅުވެ އެމަނިކުފާނު ވައްކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވާ މިއަދު ޖާބިރު ވާހަކަ ދެއްކެވިއެވެ.
މަޖިލީހަކީ ރައީސް މަގާމުން ދުރުކުރުމުގެ އާރާއި ބާރު ރައްޔިތުން ދީފައިވާ އޮތް މަޖިލިސް ކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސަކީ ރާއްޖޭގެ ޑިމޮކްރަސީގެ ބައްޕަ ކަމަށާއި އަދި މި ރާއްޖޭގައި ޑިމޮކްރަސީ ގެނައުމައްޓަކައި މަސައްކަތް ކުރި 'އެންމެ ބޮޑު ސަރުކާރުން' އެމްޑީޕީގެ ރައީސް ބޮޑު ގުރުބާނީއެއް ވެވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު އިންނަވާ ތަންތަނުގައި ފުރަތަމަ ރައީސް ސޯލިހޭ ވިދާޅުވެ މުހާތަބު ކުރައްވަނީ އެމަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރޮޒައިނާވެސް އެމްއެމްޕީއާރުސީން ވައްކަން ކުރައްވައިގެން ގެސްޓް ހައުސްތައް އަޅުއްވާފައިވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި ކޮރަޕްޝަންގެ އެ މައްސަލަ ބަލަންޖެހޭ ކަމަށާއި މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ރޮޒައިނާގެ ފިރިކަލުން އިންނަވައިގެން އެ މައްސަލަ ރަނގަޅަށް ބެލޭނީ ކިހިނެއްތޯ އައްސަވާ ޖާބިރު ސުވާލު އުފައްދަވާފައިވެއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އިންނަވާ މުހައްމަދު ނާޝިޒް އެމަގާމުގައި އިންވާތީ ކަންބޮޑުވުން ޖާބިރު ފާޅުކުރެއްވިއެވެ.
ޖާބިރުގެ ވާހަކަ ނިންމަވާލައްވަމުން އެނާ ވަނީ، ރައީސް ނަޝީދު ރިޔާސަތުގައި އިންވަނިކޮށް އެ ވާހަކަތައް ދެއްކެވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަތީމައި ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު މަޖިލީހުގައި ޖާބިރު އެގޮތަށް ވާހަކަ ދެއްކެވީ ކޮން ކަމެއް ހާސިލު ކުރެއްވުމުގެ ބޭނުމުގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ފާޅުކުރާ ޚިޔާލަކުން އެމީހަކާ ސުވާލު ނުކުރެވޭނީ މީހެއްގެ ޙަައްޤަކަށް އަބުރަށް ނާރާ ދައްކާ ވާހަކަތަކާއި ފާޅުކުރާ ޚިޔާލަށް.. ޖާބިރަކަސް މީހުންގެ އަބުރާ ބެހި މީހުންގެ އިއްޒަތުއްނަފުސަށް އަރައިގަނެ ޖާހިލުން އުޅޭގޮތަށް ނޫޅެވޭނެ. ޤައުމުގެ ރައީސްގެ އަބުރާ ބެހި މަޖިލިސްގެ މެމްބަރުންގެ އަބުރާ ބެހި ވަގަށް ގޮވާ އޭނާ ހިިތުހުރިގޮތަކަށް އުޅެމުން ދާއިިރު މަޖިލީހުގެ ރައީސް އެކަން ނުހުއްޓުވާ އިންނަ އިނުމަކީ އެކަމުގައި ބައިވެރިވެ ހިތްވަރު ދިނުން ކަމުގައި ބަލައިގަންނަން ޖެހޭ. ޖާބިރު ހިތުހުރި ގޮތަކަށް އުޅެން އޮތް ތަނެއް ނޫން ރައްޔިތިންގެ މަޖިލީހަކީ، ތިކަހަލަ މީހުނާ ޖެހި ދައުލަތުގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެވިގެން މިދަނީ...
ބޮއިގެ