މަރާލާފައިވާ އައިސިސް ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީގެ ދައްތައެއް އަތުލައިގަނެވިފައިވާކަމަށް، ތުރުކީވިލާތުން ބުނެފިއެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ރަސްމިއްޔާ އަވާދުގެ ނަމުގައި އުޅެމުންދިޔަ އުމުރުން 65 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ސޫރިޔާގެ އިރުއުތުރުގެ އަޒާޒް އަވަށުގައި ޖެހި ރެއިޑެއްގެ ތެރެއިން، ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ތުރުކީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ބަގުދާދީގެ ދައްތަ ހައްޔަރު ކުރެވުމަކީ އައިސިސް ޖަމާއަތާ ގުޅޭ، އަގުހުރި، ޖާސޫސީ މައުލޫމާތުތަކެއް ލިއްބައިދޭނ ކަމެކެވެ.

ބަގުދާދީ އަތުލައިގަތުމަށް އެމެރިކާގެ އަސްކަރީ ބާރުތަކުން ވަރުގަދަ ރެއިޑެއް ޖަހައިގެން އުޅެނިކޮށް، އެ ރެއިޑުން ސަލާމަތްވާނެ ގޮތެއް ނެތިގެން، އޭނާގެ އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން ބަގުދާދީ މަރުވީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅުއެވެ.

މި ރެއިޑްގައި އައިސިސްގެ އިސް ތަރުޖަމާނުވެސް މަރާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު އައިސިސްއިން ވަނީ އެ ޖަމާއަތުގެ އާ ލީޑަރާ ތަރުޖަމާނަކު ހަމަޖައްސާފައި ކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ.