ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިހްލާތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.
ނަސްރުގެ ތަހުނިޔާ ރައީސް ފޮނުއްވާފައި ވަނީ މިއަދު ކުރައްވާފައިވާ ޓްވީޓަކުންނެވެ. އެގޮތުން، ރައީސް ސޯލިހް ވަނީ، މިގައުމަށްޓަކައި ޝަހީދުވެދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާފައެވެ.
މިއަދު ފާހަގަ ކުރަމުން މިދާ ނަސްރުގެ ދުވަހަކީ، މީގެ 31 އަހަރު ކުރިން، ސްރީލަންކާގެ ބަޔަކާއި ރާއްޖޭގެ ބައެއް މީހުން ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލާ، ރާއްޖެ ހިފަން މަސައްކަތް ކުރި ދުވަހެވެ. 3 ނޮވެމްބަރު 1988 ގައި އެތައް ދުވަހެއް ވަންދެން ހަނގުރާމައިގެ ތަމްރީނު ހަދާފައިވާ ބަޔަކު ޒަމާނީ ހަތިޔާރާއެކު ރާއްޖެ އަރައި 19 ދިވެއްސަކު ޝާހީދުކޮށް އެތައް ބަޔަކު ޒަހަމް ކޮށްލާފައިވެއެވެ. މި ދުވަސް ނަސްރުގެ ދުވަހުގެ ގޮތުގައި ދިވެހިން ފާހަގަ ކުރަމުންދަނީ، ރާއްޖެ ހިފުމަށް އައި ލަޝްކަރު ބަލިކޮށް ރާއްޖެއަށް ނަސްރު ލިބުނު ދުވަސް ކަމަށްވާތީއެވެެ.
ވޭތުވެދިޔަ 9 އަހަރަށް ވުރެ، މިއަހަރު ފާހަގަ ކުރާ ނަސްރުގެ ދުވަސް ދިވެހިންނަށް ހާއްސަވެއެވެ. އެއީ، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ، 2010 ވަނަ އަހަރު ބޭސްފަރުވާއަށް ލަންކާއަށް ދިޔަގޮތަށް ފިލައިގެން އުޅުމަށްފަހު، މިދިޔަ އޭޕްރިލް މަހު 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅުގެން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހިމާޔަތް ހޯދައި، އަނބުރާ ރާއްޖެ އައުމުންނެވެ. އެގޮތުން، ލުތުފީ މިހާރު ވަނީ ރާއްޖެ ގެނެސް، ޖަލުގައި ބަންދު ކޮށްފައެވެ.
ބަފައިބެ ސިއްކަ އަށްބާ؟؟؟؟