ކަރަންޓްގެ އަގަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސްޓެލްކޯއަށް މަހަކު ދެ މިލިއަން ރުފިޔާގެ ގެއްލުމެއް ވަމުން އަންނަ ކަމަށް އެ ކުންފުނީގެ ޕާފޯމެންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އޮޑިޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކަރަންޓުގެ އަގަށް ގެންނަ ބަދަލުތަކާއި ގުޅިގެން ސްޓެލްކޯއަށް ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 17.58 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ސްޓެލްކޯއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ލިބިފައި ނުވާ ކަމަށެވެ. އެގޮތުން 2017ވަނަ އަހަރުގެ ނިޔަލަށް 326.91 މިލިއަން ރުފިޔާގެ ތެރެއިން 315.48 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެ ފައިސާއަކީ މާލެ ސަރަހައްދުން އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ކަމަށް ބުނެފައިވެއެވެ.
އޮޑިޓު ކުރެވުނު މުައްދަތުގައި ސްޓެލްކޯއަށް ނުލިބި ހުރި ފައިސާގެ މިންވަރު މަދު ކުރެވިފައިވުމުގެ ސަބަބުން ލިބެންޖެހޭ ފައިސާގެ ތެރެއިން އެ ކުންފުނިން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކުންފުންޏަށް ނުލިބި ހުރި ފައިސާގެ ތެރެއިން ފައިސާ ނުލިބިދާނެ ކަމުގެ ފުރުުސަތު އެންމެ ބޮޑު ކެޓަގަރީ ކަމަށްވާ، ފައިސާ ނުލިބި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާގެ އަދަދު 40.59 މިލިއަން ރުފިޔާއިން 29.71 މިލިއަން ރުފިޔާއަށް ދަށްވެފައިވާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްލާހު ކުރަންޖެހޭ ކަންކަމުގެ ތެރޭގައި އޮޑިޓު އޮފީހުން ވަނީ "ކޮސްޓް ރިފްލެކްޓިވް ޓެރިފް" އެއް ނެގުމަށް އެންވަޔަރްމެންޓް މިިނިސްޓްރީއާ މަޝްވަރާކުރަން ސްޓެލްކޯއަށް ލަފާ ދީފައެވެ. އަދި ދަރަނި ކުޑަ ކުރުމަށްޓަކައި ކުންފުނިތަކުން ލިބެންޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދިއުމަށް ވަނީ ލަފާ ދީފައެވެ.
ޢޮޑިޓްވެސް ތީ އެބަޔަބޭނުން ގޮތަކައް މިރާއްޖޭގައި އަބުރާ އެއްޗެއް ތީގެން އެއްވެސް އެއްޗެއް ނޭނގޭނެ ގެއްލުންވަނީ ތަނުގެ އެމްޑީގެ ގެ 10 ބުރިޔައް އަދި ލޯނުވެސް ނުނަގާ