އުރީދޫއިން އާ ކެމްޕެއިން "އެކު" ގެ ނަމުގައި ބްރޭންޑް ކެމްޕޭނު މިއަދު ލޯންޗްކޮށްފި އެވެ.

މި ކެމްޕޭން އިފްތިތާހުކޮށްފައިވަނީ، މިއަދު އެމްއެންޔޫ ބިޒްނަސް ސްކޫލު އޮޑިޓޯރިއަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އުރީދޫގެ ކެމްޕޭން "އެކު" ގައި ދައްކައިދެނީ މުގުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އަދި، ބައިބައިވެފައިވާ މުޖުތަމައު އެކުވެގެންދާތަނެވެ.

އުރީދޫގެ ޑިރެކްޓާ ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ، މިއީ ދިވެހި އާއިލާތަކުގެ ބައެއް ކަންކަމަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ. މި ކެމްޕޭނުގެ ތެރެއިން، ނެރޭ އިޝްތިހާރުތަކުން ވެސް މިފަދަ މަންޒަރުތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހަރަކު އެއްފަހަރު އުރީދޫން މިފަދަ ކެމްޕޭންތައް ކުރިއަށް ގެންދެ އެވެ. އެގޮތުން، އެންމެ ފަހުން "ވަރަށް ތަފާތު" ކެމްޕޭނެއްވެސް ވަނީ ތައާރަފްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ. މިއަދު އެމްއެންޔޫ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައި ބޭއްވި ކެމްޕޭން ލޯންޗު އިވެންޓުގައި އެ ފެކަލްޓީގައި ކިޔަވާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މާކެޓިން ކިޔަވާ ދަރިވަރުންނަށް އުރީދޫއިން ވަނީ އެ ކުންފުނީގެ މާކެޓިންގެ ކަންތައް ކުރިއަށްގެންދާ ގޮތް ކިޔައިދީފައެވެ.