އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުކުރި ނަމަވެސް ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށާއި ރަސޫލާއަށް ދީފައިވާ ގަދަރަށް ބަދަލު ނުގެނެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި ޓޭޕް ވެސް ދެމިދާނެ ކަމަށެވެ. އަދި ޕީޕީއެމްގެ އޮފީސްވެސް ބަންދު ކުރެވިދާނެ ކަމަށާއި ޕީޕީއެމް ޕީއެންސީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ އެންމެން ހައްޔަރުވެސް ކުރެވިދާނެ ކަމަށް އަބްދުއްރަހީމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

"އެކަމަކު މުސްލިމް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނާއި ކީރިތި ރަސޫލާ އޮތް ގަރަދާއި ލޯބި ބަދަލު ނުކުރެވޭނެ،" އަބްދުއްރަހީމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީއެންއާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖު ކުުރުމުން، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ފުލުހުން ޓޭޕް ދަމާފައި ވަނިކޮށެވެ. މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްއާ ޕީއެންސީއަށް ނިސްބަތްވާ މީހުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.