ސައުދީ އަރަބިއްޔާ ކައިރިން ދަތުރު ކުރަމުންދިޔަ އީރާނުގެ ތެޔޮ ޓޭންކާރަކަށް އަމާޒުވި މިސައިލް ހަމަލާތަކަކާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިއްޖެއެވެ.

ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ އެންމެ ބޮޑެތި ކާރުހާނާތަކުގެ ތެރޭގައި ހިމެނޭ 2 ސަރަހައްދަކަށް އަމާޒުކޮށް ދިން ހަމަލާތަކާއެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވަނިކޮށް، އީރާނުގެ ޓޭންކަރަކަށް ސައުދީ ކައިރިން އަމާޒުވި ހަމަލާއާއިއެކު ބައިނަލްއަގުވާމީ ބާޒާރުތަކުގައި ތެލުގެ ސަޕްލައިއާއި މެދު ކަންބޮޑުވުން އުފެދި، ތެލުގެ އަގުތައް ވަނީ ގާތްގަނޑަކަށް 2 ޕަސެންޓް އަށްވުރެވެސް މައްޗަށް އުފުލިފައެވެ.

ބައިނަލްއަގުވާމީ ބާޒާރަށް ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުންދާ ބްރެންޓް ކުންފުނިން ސާފު ނުކުރާ ތެޔޮ ފީފާއެއް މިހާރު ވިއްކަނީ 60.46 ޑޮލަރަށެވެ. މިއީ ގާތްގަނޑަކަށް 2.3 ޕަސެންޓް ބޮޑު އަގެއް ކަމަށްވާއިރު އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓާމީޑިއޭޓްއިން ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގުން 2.1 ޕަސެންޓް ވަނީ އުފުލިފައެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައި މިވަނީ، މޫސުމީ ވިއްސާރައިގެ ސަބަބުން ދެކުނު އޭޝިއާގެ އެންމެ ބޮޑު އެއް އެކްސްޕޯޓާކަމަށްވާ އިންޑިއާއިން ވިއްކާ ފިޔައާއި ޓޮމާޓޯގެ އަގުވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.