ވަޅިން ބިރު ދައްކައިގެން މިއަދު ހަވީރު ފިހާރައަކުން ފޭރުނު މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ފިހާރައަކަށް ދެ މީހަކު ވަދެ، ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ވަތްގަނޑުގައި ހުރި ފައިސާއާއި ސިނގިރޭޓް ފޮށިތަކެއް ފޭރުނު މައްސަލައެއް މިއަދު 15:04ގައި ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި މިރޭ 19:22 އެހާކަށްހާއިރު 20 އަހަރުގެ ފިރިހެނަކާއި އަދި 19:48ހާއިރު 26 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މި ދެ މީހުން ހައްޔަރު ކުރިއިރު މި ދެ މީހުންގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާއްމުވިއެވެ. ވީޑިއޯއިން ފެންނަނީ ފިހާރައަކަށް ވަދެ، އެ ފިހާރައިގެ ސޭޓަށް ވަޅިން ދެމީހަކު ބިރު ދައްކާ، އެއްޗެހިތަކެއް ފޭރިގަތް މަންޒަރެވެ.