ވޯޓާފޯލްއަކަށް ވެއްޓުނަ ނުދީ އެކަތި އަނެކަތި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި 6 އެއް މަރުވެއްޖެއެވެ.

ތައިލޭންޑްގެ ކާއޯ ޔާއި ނޭޝަނަލް ޕާކްގައި މި ހާދިސާ ހިނގާފައިވަނީ ކުޑަ އެތެއް، ވޯޓާ ފޯލްއެއްގެ އަރިމަތިން ކަހާލައިގެން ދިޔަ ހިސާބުންނެވެ. މި ހާދިސާގައި 6 އެތެއް މަރުވިއިރު، ވޯޓާފޯލްގެ އެންމެ މަގަތު އަރިމަތީ ސަރަހައްދުގައި ކިރިޔާ ނުވެއްޓި އޮތް 2 އެތެއް ވަނީ ސަލާމަތްވެސްކޮށްފައެވެ.

ތައިލޭންޑްގައި ވޯޓާފޯލްއަކުން ކޯރަށް ވެއްޓި މަރުވެފައިވާ އެތެއް "ސަލާމަތްކުރަން"، ދިރި އޮތް އެތެއް މަސައްކަތްކުރަނީ/ފޮޓޯ: ތައިލަންޑް ޑީއެންޕީ

ތައިލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ސީނަށް ދިޔައީ ގިނަ އަދަދެއްގެ އެތްތަކެއްގެ މައްޗަށް އެކުލެވޭ ގުރޫޕަކުން މަގު ބައްދާލާފައި އޮތުމުންނެވެ.

ކުޑަ އެތެއް ކޯރުގެ ފެންގަނޑު ތެރެއަށް ވެއްޓި މަރުވެފައި އޮއްވާ ފެނުނީ 3 ގަޑިއިރެއްހާއިރު ފަހުންނެވެ. އަނެއް 5 އެއްވެސް ފެނިފައިވަނީ އެ ސަރަހައްދުންނެވެ. މި ހާދިސާގައި 2 އެތެއް ސަލާމަތްވި ނަމަވެސް، އެ 2 އެއް ދިރިއޮތުން ނާދިރު ކަމަށާ، އެހެނީ އެތަކީ އެސޮރުމެންގެ އާއިލާއަށް އިންތިހާއަށް ބަރޯސާވާ ބަޔަކަށް ވުންކަމަށް ޖަނަވާރުތަކާ ބެހޭ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ތައިލޭންޑްގައި އުޅޭ އެތުގެ އާބާދީ 7000 އަށް އަރާއިރު، މީގެ ދެބައިކުޅަ އެއްބައި ގެންގުޅެނީ ބަންދުކޮށްގެންނެވެ. އެތަކީ ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޖަނަވާރެކެވެ.