ސައުދީ އަރަބިއްޔާގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޖިއްދާގެ ހަރަމައިން ހައި ސްޕީޑް ރޭލު ސްޓޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގާ، 5 މީހަކު ޒަހަމްވެއްޖެއެވެ.

ސައުދީގެ ދައުލަތުގެ މިޑިއާއާއި ހަވާލާދީ، ޚަބަރުތައް ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގިތާ 4 ގަޑިއިރު ވީ އިރުވެސް އެ ސަރަހައްދުން ކަޅު ދުން އަރަމުންދިޔައެވެ.

280 މޭލަށް ދެމިގެންދާ ހަރަމައިން ރޭލްވޭއަކީ މައްކާއާއި މަދީނާ، ރެޑް ސީއާއި ގުޅާލަދޭ މަގެކެވެ. 2018 ވަނަ އަހަރު ހުޅުވި މި ރޭލްވޭއަކީ 7.3 ބިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއަކަށްވާއިރު، މިއީ ތެލުގެ ސިނާއަތުން ހަވާސާވެ، އެހެނިހެން ގޮތް ގޮތުން ގައުމުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު ރޭލްވޭއެއްކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.