ސައުދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނުގެ ބޮޑީ ގާޑުގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

ޖެނެރަލް ޢަބްދުލް ޢަޒީޒު އަލް ފަޣަމް މަރާލާފައިވަނީ އޭނާގެ ރަހުމަތްތެރިއެއް ކަމަށް ޚަބަރު ލިބެއެވެ. މިކަމެއް ހިނގާފައިވަނީ ރަހުމަތްތެރިޔާއާ ބައްދަލުކުރަން ދިޔަ ވަގުތު، މަމްދޫހު ބިން މިޝާލް އަލް ޢަލީއާއި ދެމެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ވެއެވެ. ހިނގީ ކޮން ދެބަސްވުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހަމަނުޖެހުންގަނޑުގެ ތެރޭގައި ޢަލީ ގެ ދޫކޮށް ދިޔަކަމަށާ، އިރުކޮޅެއް ފަހުން އެނބުރި އައީ ބަޑިއެއް ހިފައިގެން ކަމަށާ، އަދި ރަސްގެފާނުގެ ބޮޑީގާޑުގެ ގަޔަށް އޭނާ ޖަހާފައި ވަނީ އެ ބަޑިކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުންނާ ހަވާލުވުމަށް އިންކާރުކުރުމުގެ ސަބަބުން އޭނާގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވާކަމަށް ޚަބަރު ލިބެއެވެ.

ރަސްގެފާނުގެ ބޮޑީގާޑު މަރުވީ، ބަޑީގެ ޝިކާރައަކަށްވެސް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ހޮސްޕިޓަލުގައެވެ.

އަވަހާރަވެފައިވާ ސައުދީގެ ޢަބްދުﷲ ރަސްގެފާނުގެވެސް ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރި ޖެނެރަލް ފަޣަމްއަކީ ސައުދީގެ މިހާރުގެ ރަސްގެފާނުގެ އަރިސް ފަރާތެކެވެ.