އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ އަލަށް ތައާރަފްކުރެވުނު އެ ޕެކޭޖުތަކުގެ ދަށުން އެންމެ 20 ރުފިޔާއަށް އަންލިމިޓެޑް ކޯލާއި 1 ޖީބީ ޑޭޓާ، އަދި އަންލިމިޓެޑް ކޯލިންގް ޕެކްސް އަދި ކޮމްބޯ ޕެކްސް ލިބިގެންދާނެ ކަމަށެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށް، އުރީދޫ މެދުވެރިކޮށް ކުރެވޭ އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ހާއްސަ ހަތަރު އޮފާއެއްވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ. ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލާއި އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލަވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ އަންލިމިޓެޑް ވޮއިސް ޕެކް މެދުވެރިކޮށް، އުރީދޫގެ ނަމްބަރުތަކަށް ގުޅުމަށް ޕެކޭޖް އެކްޓިވޭޓް ކުރުމަށް، #3*929* އަށް ގުޅުމަށް އެދޭ ކަމަށެވެ. އެ ޕެކޭޖްތަކުގެ ތެރޭގައި ހިލޭ ކޯލާއި ވޮއިސް ޕެކޭޖްތަކާއި ޑޭޓާ އެލަވެންސް އަދި ލޯކަލް މިނެޓުތައް ހިމެނެއެވެ. އެ ޕެކޭޖްތަކުގެ ތެރެއިން އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅުމަށް ދުވަހުގެ ޕެކޭޖަކާއި ހަފްތާގެ ޕެކޭޖެއް އަދި މަސްދުވަހުގެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއް ދުވަހުގެ ޕެކޭޖަށް 15ރ. ޗާޖު ކުރާއިރު ހަފްތާގެ ޕެކޭޖަށް 75ރ. އަދި މަސްދުވަހުގެ ޕެކޭޖަށް 200ރ. ޗާޖު ކުރާނެ އެވެ.

ލޯކަލް މިނެޓް ޕެކޭޖް ނަގާ ފަރާތްތަކަށް ވެސް ތިން ޕެކޭޖެއް އުރީދޫން ވަނީ ތައާރަފްކޮށްފަ އެވެ. ކޮމްބޯ ޕެކޭޖްތައް އެކްޓިވޭޓް ކުރާ ފަރާތްތަކަށް ދެ ޕެކޭޖެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފަ އެވެ. މި ޕެކޭޖްތައް އެކްޓިވޭޓް ކުރުމަށް *929*3# އަށް ގުޅާލުމުން އެކްޓިވޭޓް ވާނެ އެވެ.

މީގެ އިތުރުން، އުރީދޫއިން ވަނީ 'ހެޕީ އަވާ' ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނަލް އޮފާއެއް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ. ކޮންމެ ދުވަހަކު ފަތިހު 5 އިން ހަވީރު 5 އަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 1 ޖީބީ ޑޭޓާ މި ޕްރޮމޯޝަން އެންމެ 20 ރުފިޔާއަށް ލިބިގެންދާނެއެވެ. *929*1*1# އަށް ގުޅުއްވައިގެން މި ޕެކޭޖް މިހާރު އެކްޓިވޭޓް ކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.