ފުލުހުން ޓޯ ކޮށްފައިވާ 19 އުޅަނދަކާ، އޭގެ ވެރިފަރާތުން ހަވާލުވުމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ފުލުހުން ޓޯ ކޮށްފައިވާ 6 ކާރާއި 13 ސައިކަލު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށެވެ. އަދި މި އުޅަނދުތަކުގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭ މި އުޅަނދުތަކާ ހަވާލުނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން މި އުޅަނދުތައް ނައްތާލެވޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރު އަދި އެ އުޅަނދުތައް ޓޯ ކުރި ތަން:

ފުލުހުން ޓޯ ކުރި ބައެއް އުޅަނދުތައް

ގަވާއިދާއި ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ފުލުހުން ވަނީ ގިނަ އަދަދެއްގެ އުޅަނދުތައް ޓޯކޮށްފައެވެ.