ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެމެރިކާގެ ޓީވީ ސީރިޒް "ފްރެންޑްސް"ގެ މައިގަނޑު ކެރެކްޓާތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ކެރެކްޓާ ކަމަށްވާ ރޭޗަލް ގްރީންގެ ކެރެކްޓާއަށް ހާއްސަކޮށްގެން، ރާލްފް ލޯރަންއިން ހާއްސަ ކަލެކްޝަނެއް ލޯންޗްކޮށްފިއެވެ.

ފްރެންޑްސް ސީރީޒް ދައްކަން ފެށިތާ 25 އަހަރު ފުރުމާ ދިމާކޮށް ރާލްފް ލޯރަންއިން ލޯންޗްކުރި މި ކަލެކްޝަން ހާއްކޮސަށްފައިވަނީ، ފްރެންޑްސްގެ އެޕިސޯޑްތަކުގައި ރޭޗަލްގެ ރޯލުން ފެނިގެންދިޔަ މަޝްހޫރު ބަތޮލާ ޖެނިފާ އެނިސްޓަން ހެދުން އެޅި ގޮތް އަސްލަކަށް ބަލައިގެންނެވެ.

ފްރެންޑްސް ސީރީޒްގައި ޖެނިފާ އެނިސްޓަން އަދާކުރި ރޭޗަލް ގްރީންގެ ކެރެކްޓަރަކީ ފެޝަނަށް ލޯބިކުރާ، ވަކިން ހާއްސަކޮށް ރާލްފް ލޯރަން ބްރޭންޑަށް ހާއްސަ ގަދަރެއް ކުރާ ޒުވާނެކެވެ. ރޭޗަލް ވަނީ ރާލްފް ލޯރަން ކުންފުނީގެ ފެޝަން އެގްޒެކެޓިވެއްގެ ވަޒީފާވެސް މި ސީރީޒްގައި އަދާކޮށްފައެވެ.

ރޭޗަލް ގްރީންގެ ކެރެކްޓާއަށް ހާއްސަކޮށްގެން ރާލްފް ލޯރަންއިން ލޯންޗުކުރި ކަލެކްޝަނަށް ނަންދީފައިވަނީވެސް ފްރެންޑްސްގެ އެޕިސޯޑްތަކަށް ނަންދީފައިވާ ގޮތް އަސްލަކަށް ބަލައިގެންނެވެ. އެގޮތުން ރާލްފް ލޯރަންގެ މި ހާއްސަ ކަލެކްޝަނަށް ދީފައިވާ ނަމަކީ "ދަ ވަން ވެއާ ދޭ ވޯ ރާލްފް ލޯރަން"އެވެ.