ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެއީ 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު އެ އިދާރާއަށް ބަނގުރަލާ ގުޅޭ ގޮތުން ހުށަހެޅުނު 689 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށެވެ. އަދި އޭގެތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 8627 ބަނގުރާ މިއަދު ނައްތާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނައްތާލެވުނު ބަނގުރާތަކުގެ މަގުމަތީ އަގު 3.53 މިލިއަން ރުފިޔާއަށް އަރާނެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ފުލުހުން ވަނީ ތަފާތު އެކި މައްސަލަތަކުގައި އަތުލައިގެންފައި ހުރި 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތިވެސް ނައްތާލައިފައެވެ. އެއީ 419 ކިލޯގެ މަސްތުވާތަކެއްޗެވެ.