މާލެއިން ފުރައިގެން ފ. އަތޮޅު ބިލެއްދޫއަށް ދަތުރުކުރި ބޯޓެއްގައި ރައްކާކޮށްފައި ހުރި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިއްޔެ ހެދުނުގެ ވަގުތެއްގައި، މލެއިން ފުރައިގެން ފ. އަތޮޅު ބިލެއްދޫއަށް ދިޔަ ބޯޓެއްގެ ކަބަޑު ތެރޭގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގަ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ވަގަށް ނަގާފައިވަނީ 450،000 ރުފިޔާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ވައްކަމުގެ ކުށްތައް މިފަހަކަށް އައިސްވަނީ އިތުރުވެފައެވެ. އެގޮތުން ދާދިފަހުންވެސް މާލޭގެ މިސްކިތެއްގައި ނަމާދަށް ހުއްޓާ މީހެއް ފޯނު ވަގަށް ނަަގައި، އެ ފޯނު ވަނީ ވިއްކާލާފައެވެ. މި ފޯނު އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ހޯދާފައެވެ. މިހާރު ވައްކަމުގެ ކުށްތައް އިތުރުވަމުންދާތީ އާންމުން މިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.