ކ. ގުޅިޔަށް ދަތުރު ދިޔަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުން ތަކެއް މާލެއަށް ދަތުރުކުރަމުން ދަނިކޮށް ތިން ދަރިވަރަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފްއިން މައުލޫމާތުދޭ ގޮތުގައި، ކ. ގުޅިޔަށް ދަތުރު ދިޔަ އެމްއެންޔޫގެ ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:32 ހާއިރު ކަމަށެވެ. އަދި ރިޕޯޓް ލިބުމާއެކު، އެ ތިން ކުދިންނަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ކޯސްޓް ގާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މިކުދިން މިރޭ 19:25 ހާއިރު މާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. މި ކުދިންނަށް ދިމާވީ ކޮން މައްސަލައެއްކަން އަދި ްނީ ސާފުވާ ގޮތް ނުވެފައެވެ.

ކަނޑުމަތީގެ ދިމާވާ ހާދިސާތައް އިތުރުވަުން އަންނައިރު، މިފަދަ ހާދިސާތައް ކުރިމަތިވާ ފަރާތްތަކަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.