އިންޓަނެޓްގެ އަގުހެޔޮވުމުގެ އުފާވެރި ވަގުތު ކައިރިވެއްޖެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން މިނިސްޓަރު މަލީހު ގެންދަވަނީ އިންޓަނެޓް އަގުހެޔޮކުރުމާ ގުޅޭގޮތުން ގިނަ ވާހަކަ ދައްކަމުންނެވެ. އެގޮތުން މިދިޔަ މާޗްމަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ބުނެފައި ވަނީ އެ މަސް ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. މިނިސްޓަރު ވެސް ވަނީ އިންޓަނެޓް އަގުހެޔޮކުރުމުގެ މަޝްވަރާތައް ނިނިފައިވާކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ. ނަމަވެސް އެ ހަބަރެއް ނައެވެ.
ދަރިވަރަކު އިއްޔެ ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ދަރިވަރު ފާޅުކުރި ޝުއޫރަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ދަރިވަރުންނަށް އަތްފޯރާފަށުގައި ނެޓް ލިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށާ އަގު ހެޔޮކުރުމުގެ މަޝްވަރާ ނިމުނުތާ ދެމަހެއްހާ ދުވަސްވެއްޖެ ކަމަށެވެ.
"ސަރުކާރުން އަދިވެސް ރަނގަޅު ކުރެވޭތޯ ކުރާ މަސައްކަތް މިހާރު ކުރިޔަށް ދަނީ. އުފާވެރި ޚަބަރުގެ ވަގުތު ކައިރިވެއްޖެ،" މަލީހު ވިދާޅުވިއެވެ.
މިނިސްޓްރީން ބުނަނީ އެމިނިސްޓްރީން ވަނީ ސާވިސް ޕްރޮވައިޑަރުންނާ އަދި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާ އެކު އިންޓަނެޓް އަގުހެޔޮ ކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކޮށްފައި ކަމުގައެވެ.
ނަމަވެސް ސަރުކާރަށް އަހަރު ވެގެން ދާއިރު އަގަަށް ހެޔޮ ބަދަލެއް ނުގެނެވުމުން، ފާޑު ކިއުންތައް ވަނީ އަމާޒުވެފައެވެ.
26 ގައުމެއްގެ އިންޓަނެޓުގެ ހިދުމަތުގެ އަގުތައް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދިރާސާ ކުރިއިރު، ރާއްޖެ ހިމެނެނީ ހަތް ވަނަ އަށް އިންޓަނެޓުގެ އަގު ބޮޑު ގައުމުގެ ގޮތުގައެވެ. މި ހަތް ގައުމަކީ ސާކްގެ ހަތް ގައުމެވެ. ސާކުގެ ގައުމުތަކަށް ބަލާއިރުވެސް ރާއްޖެއަކީ އަގު ބޮޑު ގައުމެކެވެ.
ކޮންހާ ދޮގުތަކެއް ހަދާކަށްހޭ ! އިސްތިއުފާ ދީފާ ގެއަށް ވަޑައިގަންނަވާށެވެ