ސުވާލު ފޮށީގެ ނަމުގައި، އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.

މި މުބާރާތް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ވަނީ ސެމްސަންގް ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގް ގެލެކްސީ ބަޑްސް ހިމެނޭ، އެއްލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފައެވެ. އުރީދޫއިން ބުނީ މި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ އަމާޒަކަށް ވާނީ، އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި އަހާ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުން ކަމަށެވެ. މި މުބާރާތް އަންނަ މަހުގެ 17 އިގެ ނިޔަލަށް ކުރިިއަށް ގެންދެއެވެ. ހަތަރު ހަފްތާގެ މުުއްދަތަށް ކުރިއަށް ގެންދާ މި ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެހުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރުމަށް އުރީދޫއިން ބުނެއެވެ.

ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ، ކޮންމެ ހަފްތާއަކުވެސް ލީޑާބޯޑުގައި އެންމެ ކުރި ހޯދާ ތިން ކުޅުންތެރިންނަށްވެސްް އިނާމު ލިބެއެވެ. ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ އެކްސް 10 ދޭ އިރު، ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަަށް އިނާމެއްގެ ގޮތުގައި ސެމްސަންގް ގެލެކްސީ އެމް 20 ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ހަފްތާގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށް އިިނާމެއްގެ ގޮތުގައި، ސެމްސަންގް ގެލެކްސީ ބަޑްސް ދެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މިކަމާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް، އުރީދޫގެ ވެބްސައިޓް www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗް ޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާ ގުޅާލުވުމަށެވެ.