އޭޝިޔާގެ އެންްމެ ފުރިހަމަ އެމްޕްލޯޯޔާ ބްރޭންޑް އެވޯޑް ވިދިވިދިގެންް ތިން ވަނަ ފަހަރު އުރީދޫއަށް ލިބިއްޖެ އެވެ.

މި އެވޯޑްގެ އިތުރުން އުރީދޫއަަށް ޑިޖިޓަލް އެޗްއާރު ޓެކް ލީޑާޝިޕް އެވޯޑްވެސް ވަނީ ލިބިފައެވެ. މި އެވޯޑް ދީފައިވަނީ އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑްސްް 2019 ވަނަ ހަފްލާގަ އެވެ. ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ މި އެވޯޑަކީ ޝަރަފުވެރި އެވޯޑެކެވެ.

އުރީދޫއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްްޖޭގައި ފުޅާ ދާއިރާއަކަށް މުވާސަލާތީ ގުޅުުން ގާއިމުކޮށް އެންމެ ފަހުގެ މުވާސަލާތީ ހިދުމަތްތައް ފޯރުކޮށް ދެމުންދާ ކުންފުންޏެވެ. ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ އުރީދޫއަކީ މުވައްޒަފުން ބިނާ ކުރުމާއި، މަސައްކަތުގެ މާހައުލަކީ މުވައްޒަފުން ގަޔާވާ އަދި ހިތްހަމަ ޖެހޭ މާހައުލެއް ކަން ޔަގީން ކުރާ ކުންފުންޏެކެވެ. އަދި މުވައްޒަފުން ބިނާ ކުރުމަށް ތަފާތު ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގުމާއި، މުވައްޒަފުންނަށް ދެވޭ އުޖޫރައާއި އިނާޔަތްތަކަކީ އެންމެ އެކަށޭނަ އުޖޫރައާއި އިނާޔަތްކަން ކަށަވަރު ކުރުމަކީވެސް އުރޫދީގެ ހާއްސަ ކަމެކެވެ.

އުރީދޫ މޯލްޑިވްސްއަކީ ބައިނަލްއަގްވާމީ މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އުރީދޫ ގްރޫޕަށް ނިސްބަތްވާ ކުންފުންޏެކެވެ. އުރީދޫ ގްރޫޕުން 119 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެއެވެ.