ކެމްޕޭނު ފައިސާއެއް ދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއްވެސް އިރަކު ގުޅުއްވާފައި ނުވަތަ އަންގަވާފައި ނެތް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވޭ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީ ފައިސާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށާއި، ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަށް ފަހުވެސް އެމަނިކުފާނު އެމްއެމްޕީއާރްސީ ފައިސާއާ ގުޅިގެން ރައީސް ޔާމީން ގުޅުއްވާ ކަމަށެވެ.
2015ގެ ފަހުން ވެސް އެމްއެމްޕީއާރުސީގެ ފައިސާގެ ކަންކަމުގައި ރައީސް ޔާމީން ގުޅުއް ވާ ކަމަށާ، އޭގެތެރޭގައި ގއ.ވޮޑުމުއްލާގެ ފައިސާގެ ކަންތައްތަކާއި އެމްއެމްޕިއާރުސީގެ ފައިސާގެ ކަންކަން އަވަސް ކުރައްވަން ރައީސް ޔާމީނު އެދިވަދައިގަންނަވާ ކަމަށެވެ. އަދި ރަށްތައް ދޫކުރުމާއި ފައިސާ ނެގުމުގެ އެންމެ އިސްކޮށް އުޅުއްވީ ވެސް ރައީސް ޔާމިން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
އަދީބު މިހެން ވިދާޅުވެފައި ވަނީ ޝަރީއަތުގެ ދެވަނަ އަޑުއެހުމުގައި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން، އަދީބު އަތުން އަނބުރާ ހޯދުމަށް އެދިވަޑައިގެންފައިވަނީ ކެމްޕޭނަށް ދީ ފައިހުރި އެމަނިކުފާނުގެ ފައިސާ ކަމަށާ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ އަދީބު ޖަމާކުރެއްވި ފައިސާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އަދީބުގެ މި ބަހާ އެކު، ގިނަ ސުވާލުތަކެއް އުފެދި ރައީސް ޔާމީނު ދެއްވަމުން ގެންދެވި ބަޔާންތަކާއި އަދީބު ދައްކަވާ ވާހަކަތައް އިތުރަށް ކަފިވެގެން ހިނގައްޖެއެވެ.
ޕަކާސް. ބިސް ފެޅެނީ. އަތަށް ގޮވަނީ.