ސެމްސަންގުގެ އެންމެ ފަހުގެ ފޯން ޕްރީއޯޑާ ކުރުމުުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.
އުރީދޫއިން ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރު ކުރުމަށް ހުޅުވާލައި، ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ހާއްސަ ޕްލޭނެއް ވަނީ ތައާރަފްކޮށްފިއެވެ. އުރީދޫއިން ޕްރީއޯޑާ ކުރުމުުގެ ފުރުސަަަތު ހުޅުވާލާފައިވަނީ، ސެމްސަންގްގެ އެންމެ ފަހުގެ ބްރޭންޑްކަމަށްވާ، ގެލެކްސީ ނޯޓް 10 އަދި ނޯޓް 110 ޕްލަސް އެވެ. ސެމްސަންގް ގެލެކްސީ ނޯޓް 10 (256 ޖީބީ) ގެ އަގަކީ 15،899 ރުފިޔާ އެވެ. އަދި ސެމްސަންގް ގެލެކްސީ ނޯޓް 10 ޕްލަސް (256 ޖީބީ) ގެ އަގަކީ 18،399 ރުފިޔާއެވެ.
މިކަމާއި ގުޅިގެން އުރީދޫއިން ބުނީ މަހަކު އެންމެ 1,100 ރުފިޔާ ދައްކައިގެން، ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ހިމެނޭ ކަމަށެވެ އަދި އުރީދޫ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ހާއްސަ އިނާޔަތެއްގޮތުގައި 50 ޕަސެެންޓް ޑިސްކައުންޓާއެކު، ސެމްސަންގް ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށްވެސް އުރީދޫއިން ބުނެއެވެ.
ފުލް ޕޭމަންޓް ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭނެގޮތް، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ.
މަހުންމަހަށް ފައިސާދައްކާ ޕްލޭންގގެ ދަށުން ކޮންމެ މަހަކު އެންމެ 1,100 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ އުރީދޫއިން ތައާރަފްކޮށްފަ އެވެ. އަދި އެންމެ 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ. ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ހިޔާރުކުރައްވާ ފަރާތްތަކުންވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެކަމަށް އުރީދޫއިިން ބުނެއެވެ.
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރު ކުރެއްވުމަށް، އުރީދޫގެ ވެބްސައިޓް (http://ore.do/note10) އަށް ޒިޔާރަތްކުރުމަށް އުރީީދޫއިިން ބުނެއެވެ.