އެތައް މިލިއަން ބައެއްގެ އިނގިލީގެ ނިޝާނާ އެނޫންވެސް ޒާތީ ގޮތުން މުހިންމު ވަނަވަރުތަކެއް، ބައޮމެޓްރިކް ސެކިއުރިޓީ ކުންފުންޏަކުން އޮންލައިންކޮށް ލީކުކޮށްލާފައިވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ސައިބާ ސަލާމަތްތެރިކަމަށް މަސައްކަތްކުރާ ކުންފުނި ވީޕީއެންމެންޓާއާއިއެކު މަސައްކަތްކުރަމުންދާ ދިރާސާ ޓީމުން ބުނީ، ސެކިއުރިޓީ ޓޫލްއެއްގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުންދާ "ބަޔޯސްޓާ 2"ގައި ރައްކާ ކޮށްފައިވާ ގިނަ މައުލޫމާތަކަކާ ހަމައަށް އެ މީހުންނަށް ވާސިލުވެވިފައިވާކަމަށެވެ.

"ބަޔޯސްޓާ 2"އަކީ ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ހާށް ކުންފުންޏަކުން ބޭނުންކުރަމުން އަންނަ ޓޫލެކެވެ. އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުންވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ބޭނުންކުރަމުންދަނީ "ބަޔޯސްޓާ 2" ކަމަށް ޚަބަރު ލިބެއެވެ.

"ބަޔޯސްޓާ 2" ތައާރަފުކުރި ސުޕްރިމާ ކުންފުނިން ބުނީ، މިމައްސަލައަށް މިހާރު ރިއާޔަތް ކުރަމުންދާކަމަށެވެ.

ވީޕީއެންމޮނިޓާއިން ބުނީ، އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ފެނުން މައުލޫމާތު "ސިއްރު"ކޮށްފައިވަނީ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުކަމަށެވެ. ނަމަވެސް އެހާ ތަނާ ޖެހެންދެން، އެ މައުލޫމާތު "ހާމަކޮށްއޮތީ" ކިހާ ދުވަހެއް ވަންދެން ކަން ބަޔާންކޮށްދޭން ނޭނގޭ ކަމަށްވެސް ވީޕީއެންމޮނިޓާއިންވަނީ ބުނެފައެވެ.

އިނގިލީގެ ނިޝާނާއެއްގެ ދެން ފެނުނު ޒާތީ މައުލޫމާތުގެ ތެރޭގައި، ކާކުކަން އަންގައިދޭ ފޮޓޯތަކާ، މޫނަށް ބަލައިގެން ކާކުކަން ދެނެގަތުމަށް ބޭނުންވާ މައުލުމާތުގެ އިތުރުން، އެމީހުންނަށް ކިއާ ނަމާ، ދިރިއުޅޭ އެޑްރެހާ، ޕާސްވާޑްތަކާ، ވަޒީފާގެ ރެކޯޑްތައްވެސް ހިމެނޭ ކަމަށް ވީޕީއެންމޮނިޓަރުން ވަނީ ބުނެފައެވެ.

އިނގިލީގެ ނިޝާނާ ބެހޭ ޒާތީ މައުލޫމާތަކީ، އެފަދަ މައުލޫމާތެއް އާންމު ވެއްޖެނަމަ ތާއަބަދަށްވެސް ލީކުވެފައި އޮންނާނެ މައުލޫމާތެއް ކަމަށް، ސަލާމަތީ ފިޔަވަޅުތަކާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. މިފަދަ ގޮތަކަށް މައުލޫމާތު ލީކުވުމަކީ ޖިނާއީ ކުށްވެރިންނަށް އެކަމުގެ ނާޖާއިޒު ފައިދާ އިންތިހާއަށް ލިއްބައިދީ، ޝިކާރައަކަށްވީ މީހުންނަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިކުރުވާ ކަމެކެވެ.

"ބަޔޯސްޓާ 2"ގެ މައުލޫމާތު ލީކުގެ ސަބަބުން އަސަރުކުރި ސީދާ ކުންފުނިތަކުގެ ތެރޭގައި ސްރީލަންކާއާއި އެކުވެރި އަރަބި އިމާރާތުގެ ކުންފުނިތަކެއްވެސް ހިމެނޭކަމަށް ޚަބަރު ލިބެއެވެ.