އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" ތައާރަފު ކޮށްފިއެވެ.

އުރީދޫގެ މޫލީ ރަސްމީކޮށް ތައާރަފު ކޮށްދެއްވީ މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓާ އަދި ސީއީއޯ ނަޖީބް ހާން އެވެ. އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރުކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޑިރެކްޓާ ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވީ، މި ޕްލެޓްފޯމާއިއެކު އުރީދޫ ވަނީ ހުރިހާ ގޮތަކުންވެސް ޑިޖިޓަލް ކުންފުންޏަކަށް ވެފައި ކަމަށާއި، ކުރިއަތް އޮތް މަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މި ޕްލެޓްފޯމުގެ ބޭނުން ހިފުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

"މި ޕްލެޓްފޯމާއެކު އުރީދޫ ވަނީ ހުރިހާ ގޮތަކުންވެސް ޑިޖިޓަލް ކުންފުންޏަކަށް ވެފައި. ކުރިއަތް އޮތް މަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މި ޕްލެޓްފޯމުގެ ބޭނުން ހިފުމަށް ހުޅުވާލެވިގެންދާނެ." އުރީދޫގެ ޑިރެކްޓާ ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ އިން ބުނީ ކުރިއަތް އޮތް ދުވަސްތަކުގައި، މި ޕްލެޓްފޯމް މެދުވެރިކޮށް އިލެކްޓްރޯނިކްސް، ގޭތެރޭގެ ސާމާނާއި، ތަރުކާރީއާއި، ކާބޯތަކެތި، ސިއްހީ އަދި ތައުލީމީ ހީދުމަތްތަކުގެ ވިޔަފާރިތައް ތަމްސީލުކުރެވޭ އީ-ކޮމާސް މާކެޓްޕްލޭސް އަކަށް ވެގެންދާނެ ކަމަށެވެ.