އަރަބި ދުނިޔެއިން މާސް ޕްލެނެޓަށް ކުރާ ފުރަތަމަ ދަތުރު، 2020 ވަނަ އަހަރުގެ ޖުލައި މަހު ލޯންޗްކުރާނެ ކަމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން ބުނެފިއެވެ.

އެމިރޭޓްސް މާސް މިޝަން (އީއެމްއެމް) ނުވަތަ "ހޯޕް ޕްރޯބް" އަކީ މާސްގެ މޫސުމާ ބެހޭ މުހިންމު ދިރާސާތަކެއް ކުރުމަށް ހިންގާ މިޝަން އެއް ކަމަށް ޔޫއޭއީއިން ބުނެއެވެ. މީގެ އިތުރުން ފެނުގައި ހިމެނޭ އެންމެ މުހިންމު ދެ މާއްދާކަމަށްވާ ހައިޑްރޯޖަންއާއި އޮކްސިޖަން ގޭސް، މާސްގެ ވައިގެ ފަށަލައިން ގެއްލެމުންދަނީ ކީއްވެތޯވެސް މިމިޝަންގައި ބަލާނެ ކަމަށް ޔޫއޭއީއިން ބުނެއެވެ.

'ހޯޕް ޕްރޯބް"އަށް މާސް ތަރިއާއި ހަމައަށް ދެވޭނީ 2021 ވަނަ އަހަރުއެވެ. އެއީ އެކުވެރި އަރަބި އިމާރާތް އުފެދުނުތާ ބައި ގަރުނު ފުރޭ އަހަރުވެސްމެއެވެ.

"ހޯޕް ޕްރޯބް"ގެ އޮޕަރޭޓަރަކީ މުޙައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރެވެ.