ހުޅުމާލެއަށް ޓެކްސީ ދަތުރެއް ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ ކަމަށް ކަނޑައަޅާ އެއަށް އަމަލު ކުރުމަށް އަންގައިފިއެވެ.

މީގެ އިތުުރުން ހުޅުމާލެ އިން ހުޅުލެ އަށް އަދި ހުޅުލެ އިން ހުޅުމާލެ އަށް ކުރެވޭ ދަތުރެއްގެ އަގު 60 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މާލޭ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑުކަމަށް ރައްޔިތުން ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުން އަދި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު ޓެކްސީ ދަތުރުގެ ޚިދުމަތް މިއަދުން ފެށިގެން މޮބައިލް އެޕްލިކޭޝަން މެދުވެރި ކޮށްގެން ފޯރުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެޕް ބޭނުން ކުރުމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ތިން ފަރާތަކަށް ހުއްދަ ދީފައެވެ. އަދި މި ތިން ފަރާތަކަށް މިހިދުމަތް ދިނުމަށް ހުއްދަ ދީފައި ވާއިރު، އެ ތިން ފަރާތަކީ އަވަސް ރައިޑް، އެއައީ އަދި ސްރީ ލަންކާގެ ޕިކްމީއެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގިނަ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮތީ ޓެކްސީ ނުލިބޭ މައްސަލައާއި އަދި ޓެކްސީގެ އަގުތައް ބޮޑު މައްސަލަ ކަމަށެވެ. އަދި ރައްޔިތުންގެ ޝަކުވާތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ގޮތުން ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑު އަހާ ކުރެވުނު މަޝްވަރާ ތަކަށް ފަހު މި ބަދަލު މިގެނައީ ހުރިހާ ފަރާތް ތަކަށްވެސް ފައިދާވާނެ ގޮތަކަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ.

ޓެކްސީގެ އަގަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި މާލެއިން ހުޅުލެ އަށް، ހުޅުލެ އިން މާލެ އަށް، ހުޅުމާލެ އިން ހުޅުލެ އަށް އަދި ހުޅުލެ އިން ހުޅުމާލެ އަށް ކުރެވޭ ދަތުރެއްގެ އަގު 60 ރުފިޔާ އަށް ކަނޑައެޅިފައި ވާއިރު މާލެއިން ހުޅުމާލެ އަށް އަދި ހުޅުމާލެ އިން މާލެއަށް ކުރެވޭ ދަތުރެއްގެ ގޮތުގައި ކަ ނޑަ އެޅިފައި ވަނީ 75 ރުފިޔާއެވެ. މީގެ އިތުރުން ޓެކްސީ އެޕްލިކޭޝަން މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ޕްރައިވެޓް ހަޔާގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަކަށް ހިދުމަތް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.