ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ފައިސާގެ ހިޔާނާތް ފެންމަތި ވެގެން އައި އިރު އެންމެންވެސް ކިޔަމުން ދިޔައީ އެކަމުގެ އަޑީގައި ހުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ. އޭނާއަށް އެހީތެރިވެ ދެއްވި ލިސްޓުގައި އޭރުގެ އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން އޮތީ ކުރީގައެވެ. އަދި އަދީބާ ކައިރި ބައެއް މީހުންނާއި ބައެއް ރައްޓެހިން ވެސް ހިމެނިގެން ދިޔައެވެ. މީގެ އިތުރުން އެ ބޮޑު ހިޔާނާތް ހިންގުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބައިވެރިވެވަޑައިގަތުން ނެތި ނުދާނެ ކަމަށް ވެސް އާންމުން ކިޔާތީ އެންމެން ވެސް އޮންނާނީ އަހައިފަ އެވެ.
ކަންކަން ނިއުޅި ތަފްސީލުތައް ތިލަވާން ފެށީ، އަސްލު ކަން ހިނގިތާ އެތައް އަހަރެއްގެ ފަހުންނެވެ. ތަފާތު އެކިއެކި ސަބަބުތަކާ ގުޅިގެން ވެރިކަން ބަދަލުވެ، އޭސީސީގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ ވެސް ފިއްލެވި ފަހުންނެވެ. ބާރު ހުރި 3 ކޮމިޝަނެއް އާ ސަރުކާރުން ވުޖޫދުކޮށް، މަތާރަންފިލާ މައްޗަށް ލައިފައި ހުރި ފައިލްތައް ނަގާ ހާވަން ފެށީމައެވެ. ލުތުފީއާ ނުލައި އޭރު ވެސް އޮތް އަދި މިހާރު ވެސް އޮތް އޭސީސީން 'ބިތު ފަންގި ނެގުން' ވެގެން ދިޔައީ 'ކެޔޮ ކޭވަރު' އެނގިގެން ދިޔަ ކަމަކަށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރަމުން ދަނިކޮށް އެނގުނީ ހިޔާނާތުގެ ފައިސާ 155 މީހަކަށް ޖަމާ ކުރިކަމެވެ. އޭރުގެ ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކު ފިޔަވާ އެންމެނާއި، އޭރުގެ ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޮޑުންނާއި، މުއައްސަސާތަކުގެ ބައެއް ބޮޑުން ވެސް ހިމެނޭ ކަމުގެ އަޑުތައް އަދިވެސް ހުރީ ހަމަ ގަދަކޮށެވެ.
އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް
އޮގަސްޓު 10، 2017 ގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ރިޕޯޓު ފޮނުވި ނަމަވެސް އެ ވާހަކަ އޭރަކު އެކަކު ވެސް ނުދައްކައެވެ. ދައްކަން ނުވެސް ކެރުނީއެވެ. އޭސީސީ އާއި އެނޫން ވެސް ބައެއް ފަރާތްތަކުގެ ދޫ ފެޅީ މިހާރު އޮތް ސަރުކާރު އިންތިހާބު ކާމިޔާބު ކުރީމައެވެ. އެ ރިޕޯޓުގައި ހުރި ނަމަވެސް ނުދައްކާ ހުރި ކިތަންމެ ވާހަކައެއް އަދިވެސް އެބަހުއްޓެވެ. އެއިން ބައެއް ވާހަކަ ތިލަވީ ދާދި ފަހަކުންނެވެ. 'ނޮޓް ނިގޯޝިއަބަލް" ޖަހާފައި ހުރި އެމްއެމްޕީއާރުސީގެ ޗެކްތައް، އެ ހިޔާނާތުގައި 'ފާލަމަކަށް' ނުވަތަ ވެހިކަލެއްގެ ގޮތުގައި ބޭނުން ކުރި އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާ ކުރި ވާހަކަ އެވެެ. ކުރިން އެނގިފައި އޮތީ ކްރޮސް ކޮށްފައި ހުރި ޗެކްތަކެއް ޖަމާ ކުރި ވާހަކައެވެ. ނަމަވެސް އަލަށް ހާމަވި ކަންކަމާއެކު އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން ކުރެވޭ މަސައްކަތުގެ މިސްރާބު މިހާރު ކަފިވެފައިވާ ކަމަށް ގަބޫލު ކުރެއެވެ. އެ ފައިސާ ދައުލަތަށް ދައްކަން ޖެހޭ ފަރާތެއްގެ ޒިންމާ އުފުލަން ޖެހޭ މުއައްސަސާއަކީ ބޭންކް ކަމަށް ހެދުމަށް މަސައްކަތް ކުރާތަން އެބަ ފެނެއެވެ.
ތެދެކެވެ. އޭސީސީގެ ވެރިން ވެސް ވިދާޅުވާ ފަދައިން ބޭންކް އޮފް މޯލްޑިވްސްގެ 38 އަށް މުވައްޒަފެއްގެ ބައިވެރިވުން އޮވެދާނެއެވެ. އަދި ވެރިންގެ ބައިވެރިވުން ވެސް އޮވެދާނެއެވެ. އެކަން ބަލައި ތަހުގީގު ކޮށް އެކަމުގައި ބައިވެރިވަނީ ކޮންކޮން ބައެއްްކަން ދެނެގަނެ އެބަޔަކާ ދޭތެރޭ ފިޔަވަޅު އަޅަންވީއެވެ.
ބޭންކުގެ ވެރިންގެ ޒިންމާ އޮތް ކަމަށް ބަލައިގެން، ރައްޔިތުންގެ މަޖިލީހުން ވެސް ދަނީ ތަހުގީގެއް ހިންގަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ބޭންކްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. މުހައްމަދު ޝަރީފުގެ މައްސަލަ ބަލާއިރު، އެ ބޭންކުގައި ކުރިން ހުންނެވި ސީއީއޯ އެންޑްރޫ އާއި ޝަރީފާ އެއް މަގާމެއްގައި، އެހެނަސް ބޭންކުގެ ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީނާ ސުވާލު ނުކުރާތީ އިތުރު ސުވާލުތައް އުފެދެއެވެ.
ބޭންކުގެ ބޮލަށް މުޅި މައްސަލަ ފޫޅުކަނޑާ ނިންމާ އިރު އެ ބޮޑު ޖަރީމާގެ ޒިންމާ އުފުލަންޖެހޭ ހަމަ އެކަނި ފަރާތަކީ ބޭންކުތޯއެވެ. އެ ހިޔާނާތް ހިންގަން އިސްކޮށް ޗެކްތަކުގައި ސޮއިކުރެއްވި ބޭފުޅުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި ފައިސާ ޖަމާވި 155 މީހުންނާއި، ސެންޓްރަލް ބޭންކުގެ ބައެއް ވެރިން، މި މައްސަލައިން ބަރީއަވޭތޯއެވެ.
ބޭންކް އޮފް މޯލްޑިވްސް އަށް އެފައިސާ ދެއްކިދާނެތަ؟
އެއް ކުންފުންޏެއްގައި އެންމެ ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން އުޅޭ ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހިސާބުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުލަތަށް ދެއްކޭނެ ގާބިލުކަން އެ ބޭންކުގައި އެބަހުއްޓެވެ. މައްސަލަތައް ފުރޮޅާނެ ގޮތަކަށް ފުރޮޅާ، ޝަރީއަތަކުން ނިންމިއަސް ބޭންކަށް އެ ފައިސާ ދެއްކުމުގައި ދަތިކަމެއް ނެތްކަން އެ ބޭންކުގެ ސާފު ފައިދާގެ ނިސްބަތް ހުރި މިންވަރުން އެނގެއެވެ. ނިމިދިޔަ އަހަރު ވެސް އަދި އޭގެ ކުރީ އަަހަރު ވެސް ސާފު ފައިދާ 1.6 ބިލިއަނަށް އަރައެވެ.
އޮފިޝަލް އިޝާރާތް ކުރެއްވި ވާހަކަ އަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ތިބި މީހުން މިއަދު މިނިވަން ވެ، ކުށެއް ނެތް ބައެއްގެ ގޮތުގައި އުޅޭ އުޅުމުގެ ވާހަކަ އާއި އެ މީހުން ޒިންމާއިން ރެކުވާ ހުރިހާ ކަމެއް ‘ބޭންކުގެ ބޮލަށް’ ޖަހަން މަސައްކަތް ކުރާ ކަމަށް ގަބޫލު ކުރެވޭ ވާހަކަ އެކެވެ.
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލި ވިދާޅުވެފައިވަނީ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ފައިސާ ހިމެނެއެވެ. ރައީސް އެ ވާހަކަފުޅު ދެއްކެވި އިރު، ބަދަލު ހޯއްދަވާނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަކަށް ވިދާޅެއް ނުވެއެވެ. ނަމަވެސް ރާއްޖޭގައި ހުރި މާލީ އިދާރާތަކަށް ބަލާއިރު، 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދެއްކޭނެ މުއައްްސަސާއަަކަށް ފެންނަން އޮތީ ބޭންކެވެ.
ބޭންކުގެ ބޮލަށް ފޫޅު ކަނޑާލީމާ ދެންވާނީ ކިހިނެއް؟
އެންމެ 3 މުވައްޒަފުން ފިޔަވާ ދެން ތިބީ ހުސް ދިވެހިންނެވެ. ދިވެހި އެތައް އާއިލާއެކެވެ. މުވައްޒަފުންގެ ހައްގުތައް ބާއްވާފައި މާލީ އިދާރާއެއްގެ މޫނުމަތި ނުވަތަ ރެޕިއުޓޭޝަނަށް ވާނެ ގޮތަކާ މެދު ވިސްނާލަމާ ހިނގާށެވެ. ދިވެހި އެތައް ބައެއްގެ ހިއްސާ އޮތް ބޭންކުގެ ބޮލުގައި އޮތް ރަތް ފޮށަލުގެ ބަދަލުގައި 'ބޮލުގައި ކަޅު ފޮށާ' އެޅޭނެއެވެ. މާލީ ބާޒާރުގައި ބޭންކުގެ ޝެއާގެ އަގު ވެއްޓޭނެއެވެ. އިންވެސްޓަރުން ބޭންކާ ދުރުވާނެއެވެ. މާލީ އިދާރާތަކުން ބޭންކަށް އިތުބާރު ކުރުން ހުއްޓާލާނެއެވެ. ފޭސް ވެލިޔު ދަށްވެ ފައިސާ ލިބުމުގެ ދަތިތަކާ ކުރިމަތިވާނެއެވެ. ބޭންކުގެ ކަސްޓަމަރުން، އެ ބޭންކަށް ކުރާ އިތުބާރު ދޫކޮށްލާނެއެވެ. ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަރާނެއެވެ.
ރައީސް ނަޝީދު ވިދާޅުވަނީ ބޭންކަކީ އިތުބާރު ހިފޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ތެރެއިން ކުރެވޭ މަސައްކަތަކީ އެ މިސްރާބަށް ދާ މަސައްކަތެއް ކަމުގައިވާ ނަމަ، ބޭންކާ ގުޅިފައި އޮތް އެ ހައްސާސީ މައްސަލަ ތަހުގީގު ކުރިއަށް ގެންދެވޭނެ އެހެން ގިނަ ގޮތްތައް ވެސް އެބަހުރި ކަމަށް ދެކެމެވެ. ދެއިރު ދެދަޅައަށް މަޖިލީހުގެ ކޮމެޓީ އަށް ހާޒިރުކޮށް އެކުރެވޭ މަސައްކަތަކީ ބޭންކުގެ ރަތް ފޮށާ ބާލައި، ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ބޭންކުގައި އޮތް ސަރުކާރު ބައެއް ކުންފުނިތަކުގެ ހިއްސާ ވިއްކި ގޮތަށް، ބޭންކު ވިއްކާލަން ކުރާ ކަމެއް ނޫންބާވައޭ ވެސް ހިތައް އަރައެވެ.
އަހަންނަކީ ބޭންކުގެ ހިއްސާ ދާރެއް. އެއްގޮތަކަށްވެސް އަހަރެމެންގެ ލާރިން ބަދަލު ދޭކަށް ބޭނުމެއް ނޫން. ދައުލަތް ދަވާލައިގެން މިނިވަނުން ގޮތުގައި އުޅެން އެމީހުން އޯކޭ. އަހަރެމެން އޯކޭ ނޫން ލާރި ދޭކަށް. ބޭންކުން ގޯސް ހެދި މީހުންގެ މައްސަލަތައް ވަކިވަކިން ބަލާ އެމީހުނާ ދޭތެރޭ ފިޔަވަޅު އަޅާ. ކޮބާ އެބުނާ އެންޑްރޫ މިހާރު. ކޮބާ އައިސްތު ނޫރައްދީން. އެމީހުން ބައިވެރި ނުވެ މިކަން ވޭތަ؟
ދައުލަތް ދަވާލާ ކޮންމެ މީހަކަށް ފިލައިގެން، އޫޕްސް ފްރީކޮށް ދޫކޮށްލެވިގެން ނުވާނެ. ނައު އެމީހުން އިނޮސެންޓް. ރިހާކުރު ފުޅި ނެގީމާ ލައިފްޓައިމް ޖަލުގައި. ވަޓް އަ ޝިޓް ދިސް އިޒް.
ލާރި ކާލައިގެން ފިލީ ބްރޯ. އޭނާގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަން ޖެހޭ. މާލޭން ގަނެފައި ހުރި ބިންތަކާ، ހުޅުމާލެ އަދި ރާއްޖެއިން ބޭރުން ހޯދާފައި ހުރި އެސެޓްތައްވެސް. މާލޭގައި ކުރާ ވިޔަފާރި ތަކާ، ތެލާ ދަނގަޑުގެ ވިޔަފާރިވެސް ހުއްޓުވަން ޖެހޭ. އޭނާ ހަމަ އެކަނި ކާލީ 1.3 ބިލިއަނެއް ނޫން. އެއީ ކަރުދާހުގައި ހުރި އަދަދު. ކާލި އެއަށްވުރެ ގިނައިން.
މަށަށް ކަމުނުދަނީ ބޭންކުން އެކަން ނުކުރަމޭ ބުނާތި. އެވަރުގެ ފުރައުޑެއް ނުހިންގޭނެ ބޭންކު ބައިވެރި ނުވެއެއް. އިޓްސް އިމްޕޮސިބަލް. މަވެސް ބޭންކުގަ އުޅުނިން. މަށަށް ވަރަށް ރަނގަޅަށް އިނގޭ އެކަންކަން ނުކުރެވޭނެ، އެކަކު ދެމީހަކު ބައިވެރިވެގެންނެއް. ބެންކުގެ ލިޑަޝިޕް ބައިވެރި ނުވެ ނުވަތަ މެނޭޖަރަކު ބައިވެރި ނުވެ. ދެން ތެދެއް. ބެންކުގެ މުވައްޒަފުންތަކެއް ބައިވެރިވިއެއް ކަމަކު މުޅި ބޭންކު އެ ޒިންމާ އުފުލާކަށް ނުޖެހޭ. އެކަމެއް ކުރި ބަޔަކަށް އަދަބު ދީ. އެންޑް ސަރުކާރުން ލާރި ހޯދަން ޖެހޭނީ އެ ފްރައުޑް ހިންގި މީހުންގެ އަތުން. އެމީހުންގެ ބޭންކް އެކައުންޓްތަކާ އެސެޓްސް ދައުލަތަށް ނަގާ، އަގު މަގު ކޮށް ވިއްކާލައިގެން ލާރި ހަމަ ކުރަން ވީ. މިހާރުވެސް މިހިނގާ މުއްދަތުގައި އެމީހުންގެ އެކައުންޓްތަކަށް އިންޓަރެސްޓްވެސް ދާނީ ލިބެމުން. އެއީވެސް ދައުލަތަށް ލިބެންޖެހޭ ފައިސާ.
ހާދަ ހީވޭ ޕިއާރު އާޓިކަލެއްހެން...ހެހެހެހެ
ބޭންކެއް ކަމަކު ކޮރަޕްޝަނުގައި ބައިވެރި ވީމާ ޖެހޭނީ ޒިންމާ އުފުލަން. ސަދާ އަށް ބުނެލަން އޮތީ، މުޅިއަކުން އެހެނެއް ނޫނޭ. ބޭންކުވެސް ބައިވެރިވެޔޭ ލާރި ގަނޑު ކާލުމުގައި.
އަސްލު ބޭނުމަކީ ބޭންކް ވިއްކާލުން. 2009 ގައި ނަޝީދު ވެރިކަމަށް އައިސް ކުރި ކަމަކީ ބޭންކްގަ އޮތް އެސްޓީއޯ ޝެއާ ވިއްކާލި. އެ ގަތީ ޗަމްޕާ. ދެން މިހާރު ބޭންކު ބޯޑުގައި ސަރުކާރުގެ މެޖޯރިޓީއެއް ނެތް. އެ ބޮނޑިވެސް އެތިބީ ބޮއެގެން. އަނެއްކަ އަންނި އެއުޅެނީ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ބޭންކް ވިއްކާލަން. އެންމެނަށް އިނގޭ ބޭންކުގަކަން ލާރި ހުރީ. އެއީ ފައިދާވާ ކުންފުންޏެއް ކަން، އެހެންވެ ލޮލަށް ނިދި ނައިސްގެން އެ ވިއްކާލަން އެއުޅެނީ.
އެބުނާހެން ކޮބާ އެ ނޫރައްދީން، ސުވާލު ނުކުރަނީ އެއީ މިހާރު ސަރުކާރު ތެރޭގައި ހުރި ސަބްރާ ނޫރައްދީނުގެ އާންޓަކަށް ވާތީތޯ؟ ހުސް ގޭސް.