ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެއްބާރުލުންދޭ އަސްކަރިއްޔާއާއި އެ އަސްކަރިއްޔާއަށް އެއްބާރުލުންދޭ ރަޝިއާގެ އަސްކަރީ ބާރުތައް ގުޅިގެން ސޫރިޔާގެ އިދްލީބް ޕްރޮވިންސަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއްދީ، އާންމުންގެ ގިނަ ބަޔަކު މަރާލައިފިއެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ސަރަހައްދުގެ ގޮތުގައި ސިފަކުރަމުން އަންނަ އިދްލީބް ޕްރޮވިންސްގައި އަސަދުގެ ބާރުތަކުން ވައިގެ މަގުން ހިންގި ރެއިޑްގައި 3 ކުޑަކުއްޖެއްގެ ފުރާނަވެސް ދުއްވާލާފައި ވާކަމަށް، ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސްއިން މައުލޫމާތު ދެއެވެ.

މި ރެއިޑްގައި މަރާލި އިތުރު މީހުންގެ ތެރޭގައި ފަރުދީ ފެންވަރުގައި ސޫރިޔާގެ ޚަބަރުތައް ފޯރުކޮށް ދެމުންދާ ސިޓިޒަން ޖާނަލިސްޓް އަދި މަދަނީ ދިފާއަށް މަސައްކަތްކުރާ ވޮލަންޓިއަރެއް ކަމަށްވާ ހާން ޝައިހޫންވެސް ހިމެނޭކަމަށް ޚަބަރު ލިބެއެވެ.

އިދްލީބްގެ ކޮންޓްރޯލް އަތުލުމަށް އަސަދަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންމެ "ފަހު ތަޅާލުންގަނޑު" ފެށިފަހުން އާންމުންގެ މީހަކު މަރާލާފައި ވާއިރު، ހަނގުރާމަ ވެރިން 1500 އެއްހާ މީހުންގެ ފުރާނަ ދުއްވާލާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.