އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމުން ރަން މެޑަލް ހޯދައިފިއެވެ.

އައިއޯއައިޖީގައި ރާއްޖޭގެ ޓީޓީ އަންހެން ޓީމުން ރަން މެޑަލް ހޯދީ، އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށެެވެ.

މިއީ ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސް އަކުން ރާއްޖެ އަށް ޓީމު އިވެންޓަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. އަދި އެފަދަ ގޭމްސްއަކުން ރާއްޖެ އަށް ލިބުނު ޖުމްލަ ދެ ވަނަ ރަން މެޑެއްޔެވެ. ފުރަތަމަ ރަން މެޑެއްޔަކީ 2015 ވަނަ އަހަރުގެ އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުން ހޯދި ރަން މެޑެއްޔެވެ.

ފޯރިގަދަ މެޗުގައި ރާއްޖެއިން މޮރިޝަސް ބަލިކުރީ 3-1 ންނެވެ. ރާއްޖޭގެ ކުޅުންތެރިޔާ ރަފާ ސެޓް ކާމިޔާބު ކުރީ 11-6، 11-5، 10-12 އަދި 12-11 އިންނެވެ. ފަހު ސެޓް އޭނާ ކާމިޔާބު ކުރީ، މޮރިޝަސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ތިން ޕޮއިންޓުން ލީޑް ގޮއި އޮއްވައި ފަހަތުން އަރައި ހޯދި ޕޮއިންޓް ތަކުންނެވެ.

އައިއޯއައިޖީގައި އަންހެން ޓީޓީ އިން ރާއްޖެއަށް ރަންމެޑަލް ލިބުމުން ރައީސް އުފާފާޅުކުރައްވަނީ

މިއަދުގެ ފަހުރުވެރި ކާމިޔާބީގައި ހިއްސާވަނީ އުމުރުން އެންމެ 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުމުރުން 15 އަހަރުގެ އައިޝަތު ރަފާ ނާޒިމާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.