ސައުދީ އަރަބިއްޔާގެ ފަސްގަނޑުގައި އެމެރިކާގެ ސިފައިން ސްޓޭޝަން ވެގެން ތިބުމުގެ ހުއްދަ، ސައުދީގެ ސަލްމާން ރަސްގެފާނު ދެއްވައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި ސަލްމާން ރަސްގެފާނު މި ހުއްދަ ދެއްވާފައި ވަނީ، ސަރަހައްދީ ސަލާމަތާ ރައްކާތެރި ކަމަށްޓަކައެވެ.

މިކަން ކަށަވަރު ކޮށްދީ، އެމެރިކާގެ ދިފާއީ ވުޒާރާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ކަނޑައެޅިގެން ނުރައްކާތަކެއް ހުރިކަން އެނގޭ މި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާގެ ފަސްގަނޑުގައި އެމެރިކާގެ އަސްކަރީ ސަފުތައް ރުކުރުވާލާނެ ކަމަށެވެ.

ސައުދީއިން މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ، އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އީރާނާއި އެމެރިކާއާ ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ހިންގާ، ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާ އަސްކަރިއްޔާގެ 500 އެއްހާ ސިފައިން ސައުދީ އަރަބިއްޔާގައި ސްޓޭޝަން ކުރާނެއެވެ.