28 ޖުލައި އަދި 15 އޮގަސްޓް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޖުލައި 26 އާއި ގުޅުވައިގެން، މި މަހުގެ 18 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ބޮޑު އީދު ތިން ދުވަސް ނިމިގެން އަންނަ އޮގަސްޓް 15 ވާ ބްރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްްވާފައިވާ ކަމަށެވެ.
މިއަހަރުގެ ޖުލައި 26 ވަނީ ހުކުރު ދުވަހަކަށެވެ. އަދި ޖެހިގެން އަންނަ ހޮނިހިރު ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި ޖުލައި 26 އަށް ގިނަ ބަޔަކު އަތޮޅުތެރެެއަށް ދާތި 28 ވަނަ ދުވަސް ވަނީ މިހާރު ބަންދުކޮށްފައެވެ.
މީގެ އިތުރުން މި އަހަރުގެ ހައްޖު ދުވަހަކީ އޮގަސްޓް މަހުގެ 11 ވާ އާދީއްތަ ދުވަސް ކަމުން އެ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކީ އަޟްހާ އީދު ދުވަހާއި އީދު ދުވަހާއި ގުޅިގެން ބަންދު ކުރާ ދެ ދުވަހެެވެ. އަދި އެ ހަފްތާގައި ރަސްމީ ދުވަހަކަށް އިނީ ބުރާސްފަތި ދުވަސް އެކަނި ކަމުން، ބްރާސްފަތި ދުވަސް ވަނީ ބަންދުކޮށް އިދާ ގުޅުވައިގެން ހަތް ދުވަހުގެ ޗުއްޓީއެއް ދީފައެވެ.
މި އަހަރުގެ ބޮޑު އީދު ބަންދަށް ޖުމްލަ ނުވަ ދުވަސް ލިބޭނެެއެވެ. އީދު ބަންދަކީ ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ގޮސް އުޅޭ މުނާސަބާތެއް ކަމުން އާންމުކޮށް ހަފްތާއަކަށް ސަރުކާރު ބަންދުކުރެއެވެ.