މަތިވެރިވެގެންވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީ އަރަބިއްޔާއަށް ގޮސްގެން އުޅޭ ދެމަފިރި އަކަށް ލިބުނު ދަރިފުޅަށް "މަދީނާ"ގެ ނަމުން ނަން ދީފިއެވެ.

ސައުދީގެ ޚަބަރުތައް ބުނާ ގޮތުގައި މި ކުއްޖާ އުފަންވީ މިމަހުގެ 14 ވަނަ ދުވަހު މަދީނާގައެވެ. މިއީ އިންޑީއާގެ ދެމަފިރިއަކަށް ލިބުނު ކުއްޖެއް ކަމަށާ، އެ ކުއްޖާގެ ބައްޕަގެ ހިތުގައި މަދީނާ ސިޓީއަށް ޖެހިފައިވާ ހާއްސަ ލޯތްބެއްގެ ސަބަބުން، ދަރިފުޅުގެ ނަމަކަށް އަޙުމަދު މަދީނާ ހަމަޖައްސާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސް.ޕީ.އޭ)އިން ބުނީ މިއީ މިއަހަރުގެ ޙައްޖު މޫސުމަށް އުފަންވި ފުރަތަމަ ކުއްޖާ ކަމަށެވެ.

މަތިވެރިވެގެންވާ ޙައްޖުގެ ފަރުޟު އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު މިހާރު ދަނީ ސައުދީ އަރަބިއްޔާއަށް ޖަމާވަމުންނެވެ.