މިދިޔަ ހަފްތާގައި ޓޯ ކުރި ވެހިކަލްތަކުގެ އަދަދު 88 އަށް އަރާ: ޕޮލިސް

ނިމާ ހަސަން 14 July 2019, 10:15
Midhiya hafthaagai Tow kuri vehicle thakuge adhadhu 88 ah araa: Police
ދަރަނބޫދޫގައި ފުލުހުން ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން / ފޮޓޯ: ޕޮލިސް

މިދިޔަ ހަފްތާގައި ޓޯ ކުރި ވެހިކަލްތަކުގެ އަދަދު 88 އަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިމަހު ހައަކުން 12 އަށް ފުލުހުން ނެރުނު ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ފުލުހުން ވަނީ 88 ވެހިކަލް ޓޯކޮށް، 881 ޕާކިން ވައެލޭޝަން ސްޓިކާ ޖަހާފައެވެެ. އެގޮތުން އޭގެ ކުރީ ހަފްތާގައި އެއްވެސް ވެހިކަލެއް ޓޯ ކޮށްފައި ނުވާއިރު، 865 އުޅަނދެއްގައި ޕާކިން ވައެލޭޝަން ސްޓިކާ ވަނީ ޖަހާފައެވެ.

ފުލުހުން ބުނީ މި މުއްދަތުގެ ތެރޭގައި 441 ވެހިކަލެއް ޗެކްކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ގިނައިން ފާހަގަވެފައި ވަނީ ލައިސަންސް ނެތި ދުއްވާ މައްސަލަ ކަމަށާއި، އޭގެ 118 މައްސަލައެއް ބަލާފައިވާ ކަމަށެވެ. މީގެ އިތުުރުން ލައިސަންސް އަތުގައި ނެތި 81 މީހަކު ހުއްޓުވާ، 10 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާއިރު، ފޯނުން ވާހަކަދައްކަމުން ދުއްވި 120 މީހަކާއި، ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ 13 މީހަކު ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ފުލުހުން އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުގައި އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު، ހިނގި އެކްސިޑެންޓްތަކުގެ އަދަދު މަދުވެ، އަނިޔާވި މީހުންގެ އަދަދު ވަނީ ގިނަ ވެފައެވެ. އެގޮތުން މި ހަފްތާގައި 31 އެކްސިޑެންޓް ހިނގާ ފަސް މީހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނާއިރު، އޭގެ ކުރީ ހަފްތާގައި ހިނގާފައި ވަނީ 52 އެކްސިޑެންޓެވެ. އަދި މި އެކްސިޑެންޓް ތަކުގައި އަނިޔާވީ ހަތަރު މީހަކަށް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްތަކުން ފުލުހުން ވަނީ ހަ މީހެއްގެ ލައިސަންސް ހިފަހައްޓާފައެވެ.

ފުލުހުން ޗެކް ކުރި ވެހިކަލްތަކުގެ ތެރޭގައި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ހަމަވެފައިވާ، 57 ވެހިކަލާއި، އަހަރީ ފީ ހަމަވެފައިވާ 28 ވެހިކަލެއް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!