މުދާ ބަރުކުރެވޭ ނިސްބަތަށް ބަލާއިރު، މިވަގުތު ދުނިޔޭގައި އޮތް ކޮންޓޭނަރު އުފުލާ އެންމެ ބޮޑު ކަނޑު ބޯޓުގެ ފުރަތަމަ ދަތުރަށް، ޗައިނާއިން ފުރައިފިއެވެ.

އެމް.އެސް.ސީ ގުލްސަންގެ ނަން ދީފައިވާ މި ބޯޓު ފުރާފައިވަނީ ޗައިނާގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޓިއާންޖިންއިންނެވެ. ޗައިނާއިން ފުރައިގެން މި ބޯޓު ދަތުރުކުރަމުންދާނީ ވިލާތުގެ ހުޅަނގުއުތުރު ސަރަހަދަށެވެ.

އެމް.އެސް.ސީ ގުލްސަންއަކީ 224986 ޓަނު ބަރުކުރެވޭ ބޯޓެއް ކަމަށް މި ބޯޓު އޮޕަރޭޓް ކުރާ ގްރޭޓާ ޗައިނާ ފޮ ދަ މެޑިޓަރޭނިއަން ޝިޕިންގް ކޮމްޕެނީގެ މެނޭޖިންގް ޑައިރެކްޓާ ޖޮނަތަން ޝޫ ވަނީ ވިދާޅުވެފައެވެ.

އެމް.އެސް.ސީ ގުލްސަންގެ ސައިޒަށް ބަލާއިރު، ދިގު މިނުގައި 400 މީޓަރު އަދި ފުޅާ މިނުގައި 61.5 މީޓަރު ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

މި ބޯޓު ބަނުމުގެ މަސައްކަތް ކޮށްފައިވަނީ ކޮރެޔާގެ ސަމްސަންގް ގުރޫޕާ ގުޅުން އޮންނަ ކުންފުންޏެއް ކަމަށްވާ ސަމްސަންގެ ހެވީ އިންޑަސްޓްރީޒްއިންނެވެ.