މީހަކު ބުނި ގަދަ ބަހަކަށް، ކުޑަ ހޯނެއް ދިރުވާލި މީހާ މަރުވެއްޖެއެވެ.

އޭނާގެ ރަހުމަތްތެރިއަކު ބުނި ގޮތުގައި، އުމުރުން 34ގެ ޑޭވިޑް ޑޮވެލް ހޯނު ދިރުވާލީ ޕާޓީއެއްގެ ތެރޭގައި މީހަކު ބުނި ގަދަ ބަހަކަށް، އޭނާގެ ކެރޭކަން ދެއްކުމުގެ ގޮތުންނެވެ.

ޑޭވިޑް މަރުވީ ސެލްމޮނެއްލާ ވިހަވެގެން ކަމަށް ވާއިރު، މިކަން މެދުވެރިވީ ހޯނުގެ ޒަރިއްޔާއިން ކަމަށް ބެލެވެއެވެ. ސެލްމޮނެއްލާ އަކީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމާތް ތަކުގެ ތެރޭގައި ބޭރަށް ހިންގުން، ބަނޑުގައި ރިއްސުމާ ހުން އައުން ހިމެނޭ އިރު، މާ ސީރިއަސް ހާލަތަށް ގޮސްފިނަމަ މަރުވުމުގެ ފުރުސަތުވެސް އޮވެއެވެ.

ޑޭވިޑް ހޯނެއް ކާލިކަމަށް ރަހުމަތްތެރިޔާ ބުނި ނަމަވެސް، އެކަމުގެ އެއްވެސް ހެއްކެ ލިބިފައި ނުވާކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ފެނުނު ނިޝާން ތަކަކީ ބިރުވެރި ނިޝާން ތަކެއް ކަމަށް އޭނާގެ އަންހެނުން ބުނެއެވެ. އެގޮތުން ފެހިކުލައިގެ ބައިލް، ހޮޑުގެ ގޮތުގައި ލުމުގެ އިތުރުން ކުޑަކަމުދާ ތަކެތި ކަޅު ކުލައަށް ބަދަލުވުން ހިމެނޭ ކަމަށާ، ބަނޑު ފުއްޕާފައި ހުރިލެއް ބޮޑު ކަމުން، 6 މަހުގެ މާބަނޑު މީހެކޭ އެއްވަރު ކަމަށް އެނާގެ އާއިލާއިން ސިފަކުރެއެވެ.

ޑޭވިޑް ހޮސްޕިޓަލަށް ގެންދެވުނީ ޕާޓީ އޮތްތާ 3 ވަނަ އަށް ވީ ދުވަހުއެވެ. އަދި ސާޖަރީއެއް ހަދަމުން ދަނިކޮށް އޭނާ މި ދުނިޔެއާ ވަކިވީ އޭގެ ދެހަފުތާ ފަހުންނެވެ.

ޑޭވިޑްގެ އާއިލާއިން ވަނީ، މި ވާހަކަ އާންމުންނާ ހަމައަށް ގެނެސް ދީފައެވެ. އެއީ އަދިވެސް ޖަވާބު ނުލިބި ހުރި ސުވާލު ތަކަކަށް ޖަވާބު ހޯދުމަށެވެ.