ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނަށް އެޗްޑީސީއިން 150 ވަޒީފާ ދިންކަމަށާ އެކަމާ ކޮންމެ ތަނަކަށް ގެންދެވި ނަމަވެސް ހެކިކޮށް ދެއްވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އަލީ ނިޔާޒް ވިދާޅުވީ މާލިއްޔަތު ކޮމެޓީ އިން ހަމައެކަނި ދިރާސާ ކުރަންވީ މުއައްސަސާ ތަކުގެ ފައިނޭންޝިއަލް އޮޑިޓް ރިޕޯޓް ނޫން ކަމަށާއި، ޕާފޯމަންސް އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަކީވެސް މުހިންމު ކަަމެއް ކަމަށެވެ. އަދި ޕާފޯމެންސް ރިޕޯޓް ދިރާސާ ކުރުމުން މިފަދަ އެތައް ކޮރަޕްޝަނުގެ މައްސަލަތަކެއް ފެނިގެން ދާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ނިޔާޒު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ކެމްޕޭން ހަރަކާތެއްގެ ތެރެއިން ޕީޕީއެމް ޖަގަހައަކުން 150 މީހުންނަށް އިއުލާން ކުރުމެއް ނެތި އެޗްޑީސީ އިން ވަޒީފާ ހަމަޖެއްސި ކަމަށެވެ. އަދި މިކަން ދައުލަތުގެ ކޮންމެ އިދާރާއަކަށް ގެންދިޔަ ކަމުގައި ވީނަމަވެސް ހެކި ކޮށް ދެއްވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިފަދަ ދައުލަތުގެ އެތައް އިދާރާ ތަކަކުން ކުރީގެ ރައީސް ޔާމީނުގެ ކެމްޕޭނަށް ހަރަދު ކުރިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކުންފުނިތައް ހިންގުމަށް ސަރުކާރުން ދެނީ ރައްޔިތުންގެ ފައިސާ ކަމަށާ، އެކަން އޮޑިޓާ ޖެނެރަލް އަށް ނުބެއްލެވޭ ކަމުގައި ވާނަމަ ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން ވިޔަސް ބަލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ތިބޭފުޅާގެ ކެމްޕޭނުގަ އެޗްޑީސީގެ މުޅި ފުލީޓް ވޯކް ފޯސް 24 އަވާސް ބެނާ ދަމަން އުޅުނު މަންޒަރު ހަމަ ލޮލައް ނުފެންން އެއްވެސް މީހަކު ހުޅުމާލޭގަ ދިރިއުޅޭބާ؟