އިންސާނަކާ ނުލާ އުދުހުމުގެ ގާބިލިކަން ލިބިފައިވާ ޑްރޯން މަތިންދާބޯޓެއް، ގަވައިދާ ހިލާފަށް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެގެން އުޅެނިކޮށް ވައްޓަލައިފިއެވެ.

މިއާއެކު އީރާނާ އެމެރިކާއާއި ދެމެދު ވަރުގަދަ އަސްކަރީ ކުރިމަތިލުމެއް، އަމަލީ ގޮތުން ފެށިދާނެ ބިރުވެރިކަން ވަނީ ބައިނަލްއަގުވާމީ މަސްރަހުގައިވަނީ އުފެދިފައެވެ.

އެމެރިކާގެ ޑްރޯން ވައްޓާލާފައިވަނީ ބިމުން ފެށިގެން ވައިގެ އަމާޒަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެއްގެ އެހީގައި ކަމަށް އީރާނު އަސްކަރިއްޔާގެ އެންމެ އިސް ގޮފިތަކުގެ ތެރޭގައި ހިމެނޭ ރިވަލޫޝަނަރީ ގާޑުން ބުނެފައިވާއިރު، އެމެރިކާއިން ބުނާ ގޮތުގައި މި ޑްރޯން އުދުހިފާ ވާނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ތެރޭގައެވެ.

ޑްރޯންއަށް ހަމަލާދީ ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ވަނުމުން ކަމަށާ، މިފަދަ ގޮތަކަށް އީރާނުގެ ވައިގެ ސަރަހައްދުގެ ތެރެއަށް އެމެރިކާއިން ވަދަގަތް ވަދެގަތުން ކުށްވެރިކުރާކަމަށް އީރާނުގެ ހާރިޖިއްޔާއިންވަނީ ބުނެފައެވެ. އަދި މިފަދަ އަމަލުތައް ހިންގައިގެން އިތުރު ކަންކަމަށް ހިތްވަރު ނުދިނުމަށްވެސް އީރާނުގެ ހާރިޖިއްޔާއިންވަނީ އިންޒާރުކޮށްފައެވެ.

މިފަހުގެ ތާރީހުގައި އެމެރިކާއާއި އީރާނާ ދެމެދު މިފަދަ އަސްކަރީ ހަރަކާތްތަކެއް ބަދަލުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.