ބިޒްނަސް އިމޭޖް ގްރޫޕު (ބިގް) ގައި ކުރިން ހިއްސާ "ބިގް" ކޮށް އޮތް ކަމަށާއި، ނަމަވެސް މިހާރު އެ ކުންފުނީގައި އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެެއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލައިގައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ބިގްގައި އޭނާގެ މައްސަލަހަތު ބިގްކޮށް އޮތް ކަމަށެވެ. އަދި އެއީ 2002 ވަނަ އަހަރުގެ އޭނާއާއި، އޭނާގެ ގާތް ރަހުމަތްތެރިން ތަކަކާއެކު އުފައްދައިގެން ވަރަށް ބުރަ މަސައްކަތުން ގެނައި ކުންފުންޏެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް 2012 ވަނަ އަހަރަށް ފަހު އެ ކުންފުންޏަށް އެކި އެކި ކަންކަން ކުރަމުން ގޮސް 2014 ވަނަ އަހަރު މަޖިލީހުގެ މެންބަރަކަށް ހުރެ އެއިރު މަޖިލީހުގައި ކުރެވުނު މަސައްކަތަކާއި ބޭރުން އިސްލާހު ކުރެވުނު މަސައްކަތުގެ ތެރެއިން އެ ކުންފުންޏަށް އަގު ނުކުރެވޭ ފަދަ ގެއްލުންތަކެއް ވާން ފެށީމުން އެކުންފުނީގެ ހިއްސާދާރުން އެދުނީ ސިޔާސީ ކަންކަން ދޫކޮށްލަން ނުވަތަ ކުންފުނި ބަންދު ކުރަން ކަމަށެވެ.
މިިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުގެ މާޗްމަހުގައި އޭނާ ވާނީ ކުންފުނީގެ ހިއްސާދާރުކަމާއި، ޑިރެކްޓަރުންގެ ބޯޑުން ވަކިވެފައި ކަމަށެވެ. އަދި އެމްއެންބީސީއަށް އެކުންފުނިން ދިން ހިދުމަތުގެ ބަދަލުގައި ދޭންޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުން ކުރި އިރު އޭނާއަކީ އެ ކުންފުނީގެ އެއްވެސް މަސްލަހަތެއް އޮތް މީހެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެ ކުންފުނީގައި ވަރަށް ގާތް ރަހުމަތްތެރިން ތިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެ ކުންފުންޏަކީ ކުޑައިރު އެއްކޮށް އުޅެ ބޮޑުވި މީހުންނާއެކު އުފެއްދި ކުންފުންޏެއް ކަމަށާއި، އޭނާއާއި ތިމާގެ މީހުންނާއި އެއްބަނޑު އެއްބަފާ މީހުން އެ ކުންފުނީގައި ހިއްސާވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެ ކުންފުނީގެ ހިއްސާތައް އޮތީ ކިހިނެއްކަމަށް މިއަދު ދަންނަވާކަށް އެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ޔަގީންކަމާއެކު ދަންނަވަން އިނގޭ ކަމަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ހިއްސާ އެ ކުންފުނީގައި މިއަދު ވެސް އޮތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރުގެ ހައިސިއްޔަތުން އެ ފައިސާ ދޫކުރަން ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށެވެ.