ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުންހުރި މައްސަލައަކާ ގުޅިގެން އިންޑިއާގެ ކޮއިމްބަތޫރުގެ 7 ސަރަހައްދެއް، އިންޑިއާގެ ނޭޝަނަލް އިންވެސްޓީގޭޝަން އޭޖެންސީ (އެން.އައި.އޭ)އިން ރެއިޑްކުރަމުންދާކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ރެއިޑުތަކަކީ އައިސިސްއާއި ދެކޮޅަށް އެއިދާރާއިން ފައިލްކޮށްފައިވާ މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ ރެއިޑުތަކެއްކަމަށް މައުލޫމާތު ލިބެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ ޒަހްރާން ހާޝިމު/ފޮޓޯ: ބީބީސީ

އިންޑިއާ ގަޑިން ހެދުނު 07:00 އިން ފެށިގެން ރެއިޑުތައް ކުރިއަށްދާއިރި، މިހާތަނަށް ލިބިފައިވާ މައުލުމާތާ އެއްކޮށްފައިވާ ލިޔެކިއުންތަކަ ބެހޭ އެއްވެސް ތަފްސީލެއް، ކަމާ ބެހޭ އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ރެއިޑުތަކަކީ، އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ މޭސްތިރިކަމުގައިވާ ޒަހްރާން ހާޝިމުއާއި ގުޅުން އޮތް މައްސަލައަކާ ގުޅޭ ރެއިޑުތަކެއް ކަމަށް އިންޑިއާ ޚަބަރުތައް ބުނެއެވެ.