ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމި މައްސަލައާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުއްވީ ރޭގެ ވަގުތެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން އަދީބު ވަރަށް ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ކަމަށް ބުނެ، ބޭރަށް ފުރުވާލަން ހުއްދަ ދީފައިވާކަމަށް އެ މުއައްސަސާއިން އިއުލާން ކޮށްފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ވަރަށް ކުއްލިގޮތަކަށް އަދީބުގެ އެތަކެއް މައްސަލަތަކެއް ކޯޓުތަކުން ވަނީ ނިންމާލާފައި ކަމަށެވެ. އެގޮތުން ޗުއްޓީގައި ހުންނެވި ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު އޮފީހަށް ނުކުމެވަޑައިގެން އަހުމަދު އަދީބު 77 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ނިންމަވާލައްވާފައިވާ ކަމަށެވެ.

"އަދީބު ރާއްޖެއިން ބޭރަށް ފިލިޔަ ނުދޭން ކަރެކްޝަންސް އިން އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނާ އޮފް ޕްރިޒަންސް މަޖިލީހުގެ މިިވަން މުއައްސަސާތަކާއި ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްދިނުމަށް އެދެން" އިލް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާ

އަދީބު ބެސްފަރުވާއަށް ބޭރަށް ދިއުމަށް ހުއްދަ ދިން މައްސަލައިގައި، މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ތެރެއިިން 56 މެންބަރުން ވަނީ އެ މައްސަލަ ބަލައިގަންނަން ވޯޓު ދީފައެވެ. މި މައްސަލަ ބަލައި ނުގަންނަން ދެ މެންބަރަކު ވޯޓު ދީފައިވެއެވެެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ލަފާދީފައިވާތީ ކަރެކްޝަންސް އިން އެ ހުއްދަ ދީފައިވާ ކަމަށެވެ.