ޖުމްހޫރީ ޕާޓީ ހިންގާ ގޮތާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ނަމަ އެހެން ޕާޓީ އަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އާއިޝަތު ނަހުލާ ވިދާލުވެއްޖެއެވެ.
އައިޝާ މިހެން ވިދާޅުވެފައި ވަނީ ވީޓީވީ އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ޕާޓީ އިން ކަންކަން ކުރަމުން ގެންދާ ގޮތާމެދު އެކަމަނާ ހިތްހަމަޖެހިވަޑައި ނުގަންނަވާ ނަމަ އެހެން ޕާޓީ އަކާ ގުޅިވަޑައިގެން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގެ ފުރުސަތު ނޯންނަންވީ ސަަބަބެއް ނެތް ކަމަށެވެ.
މީގެ އިތުރުން އައިޝާ ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް ވެންނެވުމުގެ ޝައުގުވެރިކަން ކުރިން ނެތް ކަމަށާ ނަމަވެސް އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ދޮން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށް ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި އަނިޔާ ލިބެމުންދިޔަ މަންޒަރު ބައްލަވަން ގޭގައި އިންނަވަން ބޭނުންފުވެވަޑައި ނުގަތުމުން އެ ވިސްނުން ބަދަލު ކުރެއްވީ ކަމަށެވެ.
މިނިސްޓަރު އައިޝާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި ކެމްޕޭން ކުރެއްވުމަށް ރާއްޖޭގެ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.