19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު ފެނިގެން ދިޔައީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ އުންމީދީ ބަދަލުތަކެއް ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ޖޭއެސްސީގެ މެންބަރު ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހަސަން ހޮވުމަކީ އެކަމުގެ މިސާލެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޝިދާތާ ވަނީ 9 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބް ރައީސްގެ މަގާމުން އަންހެން މެންބަރަކު ފެނިގެން ދިއުމަކީ ބައިނަލްއަގްވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އަދި 19 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް އޭރު އީވާ އަދި އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ޝައުގުވެރިކަން ފާޅުކުރެއްވުން ޝިދާތާ ވަނީ އެ ދެ ބޭފުޅުންނަށް ކާމިޔާބިއަށް އެދިވަޑައިގެންފައެވެ.