ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި ހދ. މަކުނުދޫގެ ދެ ގެއެއްގެ ފުރާޅުން ޓިނުތަކެއް އުކާލައިފިއެވެ.

"ދަ ޕްރެސް" އަސް މައުލޫމާތު ދެމުން އެ ރަށުގެ ކައުންސިލުން ބުނީ ރޭ ފަތިހުން ފެށިގެން ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ދެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލާފައި ވާ ކަމަށެވެ. ވައިގަދަވުމުގެ ސަބަބުން މަގުމައްޗަށް ގަހެއްވެއްޓި މަގު ބޮލޮކްވެފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

ހދ. މަކުނުދޫ އަށް ވިއްސާރަވެ އެރަށު މަގުމަތީގައި ހުރި ގަހެއް މުލުން ލުހިފައި / ފޮޓޯ: ޕޮލިސް

ރޭ ފަތިހުން ފެށިގެން ހދ. މަކުނޫދޫއަށް ކުރަމުން ދާ ވިއްސާރާގައި ދެގެއެއްގެ ފުރާޅު އުކާލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން އެ ރަށު ސްކޫލުގެ ފާރު މައްޗަށް ގަހެއް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި ހާދިސާގައި ފުލުހުން ދަނީ އެ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހދ. މަކުނުދޫ އަށް ވިއްސާރަވެ އެރަށުގެ ގެއެއްގެ ފުރާޅުން ބައެއް ވަޔާ ވިއްސައިގެން ގޮސް / ފޮޓޯ: ޕޮލިސް

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރު ގައި ހދ. މަކުނުދޫއަށް 8 މޭލާއި 18 މޭލާ ދެމެދު ވައިގަދަވެފައިވާ ކަމަށާއި އަދި ވިލާގަނޑަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.