19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން މިރޭ ހުވާ ކުރައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ 9:30 ގައި ފަށާފައިވާއިރު އެ ރަސްމިއްޔާތުގައި އާ މެންބަރުންނަށް ހުވާ ލާ ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައި 87 މެންބަރުން ތިބިއިރު، މިރޭ ހުވާ ކުރެއްވީ 86 މެންބަރުންނެވެ. ފުރަތަމަ ޖަލްސާއަށް ގުރައިދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގަތް މެންބަރު އިބްރާހިމް ރިޒާއަށް ހާޒިރެއް ނުވެއެވެ. މަޖިލީހުގެ އަމީންއާމް ވިދާޅުވީ އެ މެންބަރު އުމްރާއަށް ގޮސްފައިވާތީ އެނބުރި ވަޑައިގަތުމުން ހުވާ ކުރައްވާނެ ކަމަށެވެ.

މިއީ މިހާތަނަށް މަޖިލީހުގައި އެންމެ މެންބަރުން ގިނަ ފަހަރެވެ. ޖުމްލަ 65 ގޮނޑި ކާމިޔާބުކޮށްގެން އެމްޑީޕީން އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.